ހދ. ނޮޅިވަރަމުގައި މިމަހުގެ 10 ވަނަ ދުވަހު މަރާލާފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދުގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް ރޭ ފަތިހު އިންޑިއާއަށް ފޮނުވާލައިފިއެވެ.
ނިޝާމާ މަރުވިތާ މިއަދަށް 12 ދުވަސްވެފައިވާއިރު، އޭނާ މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓުމޯޓަމަށް ފޮނުވަން ނިންމައި އޭނާގެ ހަށިގަނޑު މާލެ ގެނައީ މި މަހުގެ 11 ވަނަ ދުވަހުއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވަނީ ނިޝާމާ ހަށިގަނޑު ފޮނުވާލިކަން ކަށަވަރުކޮށްދެއްވައިފައެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެއްވައެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ނިޝާމާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހަދަން ފޮނުވީ ރޭ ފަތިހުގެ ވަގުތެއްގައި އިންޑިއާ އަށެވެ.
ނިޝާމާގެ މަރާލި ކަމަށް ތުހުމަތު ކުރަނީ އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލަށެވެ. ނިޝާމާ މަރުވެފައި އޮއްވައި ފެނުނު ދުވަހުގެ ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ފައިސަލް ހައްޔަރުކޮށްފައިވާ އިރު، ފައިސަލް ވަނީ އޭނާ ބަންދުކޮށްފައި ހުރި ގޮޅީގައި ދަންޖެހިގެން އަމިއްލައަށް މަރުވާން އުޅެފައެވެ.
އެކަމާ ގުޅިގެން ފައިސަލަށް ކުޅުދުއްފުށީ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަނިކޮށް މިމަހުގެ 19 ވަނަ ދުވަހު ފައިސަލް ވެސް ވަނީ މަރުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު