އަރަބި އަދި އިސްލާމީ ގައުމެއްކަމަށްވާ މޮރޮކޯ މިފަހަރުގެ ވޯލްޑްކަޕުގައި ދެއްކި ކުޅުމާއި ހޯދި ކާމިޔާބީ ބަލައިގަތުމުގެ ބަދަލުގައި ޔޫރަޕުގެ ގައުމެއްކަމަށްވާ ޑެންމާކުގެ ޓީވީން މޮރޮކޯގެ ކުޅުންތެރިންނާއި އެމީހުންގެ މަންމައިންނަކީ ރާމާމަކުނުތަކެއް ކަމަށް ސިފަކޮށް ނަސްލީގޮތުން މަލާމާތްކޮށްފިއެވެ.
މޮރޮކޯގެ ކުޅުންތެރިންނަށް ހިތްވަރު ދިނުމަށްޓަކައި އެމީހުންގެ މަންމައިން ސްޓޭޑިއަމަށް ވަދެ ކުޅުންތެރިންނާއެކު އުފާފާޅުކުރާ މަންޒަރު ދައްކަމުންދިޔަ ގަޑީގައި ޑެންމާކުގެ ޓީވީއަށް އެރި ނޫސްވެރިން އެކަން ސިފަކުރީ މަކުނު އާއިލާތައް އެއްތަންވެގެން އުޅުމެއްގެ ގޮތުގައެވެ. އެމީހުން ބުންޏެވެ. ޅަ މަކުނަށް ފިންޏާއި ހޫނުން ސަލާމަތްވެވެނީ މައިމަކުނުގެ ބަނޑުދަށަށް ވަދެގެންނެވެ. ވޯލްޑްކަޕުން މިއަދު މިފެންނަނީ އެމަންޒަރެވެ.
ޑެންމާކުގެ ޓީވީން މޮރޮކޯގެ ކުޅުންތެރިންނާއި އެމީހުންގެ މަންމައިންނަކީ ޅަމަކުނާއި މައިމަކުނުތަކެއްގެ ގޮތަށް ސިފަކުރިއިރު ޑެންމާކާއި ޖަރުމަނީ ފަދަ ޔޫރަޕުގެ ޓީމުތައް ވަނީ މިފަހަރުގެ ވޯލްޑްކަޕުގެ ފުރަތަމަ ބުރުން ކަޓައިފައެވެ. މޮރޮކޯ ވަނީ ސެމީފައިނަލުގައި ކުޅެފައެވެ. މޮރޮކޯގެ ކުޅުންތެރިން ދަނޑުމަތީގައި ސަޖިދަކުރުމާއި ތައުހީދުގެ ނިޝާން ދެއްކުންފަދަ ކަންކަން ކުރާތީ އެއީ އައިސިސް އާއި ތާލިބާނުން ކަމަށް ޖަރުމަނުގެ ނޫހަކުންވެސް ވަނީ ސިފަކޮށްފައެވެ. ތައުހީދުގެ ނިޝާނަކީ ޝަހާދަތްއިނގިލި ދެއްކުމެވެ. ޖަރުމަނު މިފަހަރު ކެޓީމާ ކުޅުންތެރިންނާއި ސަޕޯޓަރުން ފުރައިގެން ދަމުން ގަތަރުގެ ރައްޔިތުންނާ ދިމާލަށް ތާލިބާނުންނޭވެސް ގޮވާފައިވެއެވެ.
ޔޫރަޕުގެ މިއަމަލުތަކަކީ އެންމެ ހުތުރުކަން ބޮޑުވެގެންވާ ނަސްލީ ފުރައްސާރަކުރުމެއް ކަމަށާއި އަރަބީންނާއި މުސްލިމުންނަށް ޖެއްސުންކޮށް މަލާމާތްކުރުން މިފަހަރުގެ ވޯލްޑްކަޕާ ގުޅުވައިގެން އައު އުސްމިނަކަށް ގެންގޮސްފައިވާ ކަމަށް މޮރޮކޯގެ ނޫސްތަކުން ބުނެފައިވެއެވެ. މޮރޮކޯގެ އަޝްރަފު ހަކީމީ އާއި އޭނާގެ މަންމަޔަކީ ޅަމަކުނަކާއި މައިމަކުނެއް ކަމަށް ސިފަކުރި ޑެންމާކު ޓީވީން ފަހުން މައާފަށްވެސް އެދިފައެއް ނުވެއެވެ. ބުނި އެއްޗެއްވިއްޔާ ބުނެފައިވާނީ ހެޔޮ ނިޔަތެއްގައޭ ބުނެފައި މައްސަލަ ނިންމައިލީއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ