ބިލްޓް-އިން ވައިލެސް އިއާބަޑްސް ނުވަތަ ގަޑީގެ ތެރޭގައި ހުންނަ ވަޔަލެސް ހެޑްސެޓާއިއެކު ނެރޭ ގަޑި މާ ބޮޑަށްވެސް ތަފާތު ވާނެ ކަމަށް ވާވޭ އިން ބުނެފިއެވެ. ސްމާޓް ގަޑި ތަކަކީ މިހާރު ކިތަންމެ އާންމު އެއްޗެއް ނަމަވެސް ވާވޭގެ މި ސުމާޓް ގަޑީގެ މަތި ހުޅުވާލުމުން ވަޔަލެސް އިއަބަޑްސް ނެގޭނެއެވެ.
ގިނަ ކުންފުނި ތަކުން ބާޒާރަށް ނެރެފައިވާ ވައަލެސް އިއާބަޑްސް ކިތަންމެ ފަސޭހަ ނަމަވެސް، އާންމުކޮށް އެތަކެތި ރައްކާކޮށް ޗާޖު ކުރުމަށް ކުޑަ ފޮށްޓެއް (ކޭސްއެއް) ގެންގުޅެން ޖެހެ އެވެ. އެހެން ކަމުން މި ފޮށި ގެންގުޅުމާއި ގިނަ ފަހަރަށް އެފޮށި ޖީބަށް ލައިގެން އުޅެން ޖެހުމަކީ ބައެއް މީހުންނަށް ތަކުލީފަކަށް އޮންނަނީ ވެފައެވެ. އެހެން ކަމުން ވާވޭގެ މި ސުމާޓް ގަޑިއާއެކު ޖީބު ހުސްކޮށްލެވޭނެއެވެ.
ވާވޭ އަކީ ބެޓެރީ އެންމެ ވަރުގަދަ ފޯނުތައް ބާޒާރަށް ނެރުމުގައި މަޝްހޫރު ޗައިނާގެ ކުންފުންޏެކެވެ. ސެމްސަން އާއި އެއްވަރަށް ފޯނު އުފައްދައިގެން އެ މަގާމު ހޯދުމާއި ކައިރިއަށް ވާވޭ ޖެހިލިއެވެ. ސެމްސަން އާއި ވާދަކުރަމުންދިޔަ މި ކުންފުނީގެ ވިޔަފާރި ދަށަށް ދިޔައީ އެމެރިކާއިން އެޅި ދަތި ކުރުމުގެ ފިޔަވަޅުތަކާ ގުޅިގެންނެވެ.
އެގޮތުން އެންޑުރޮއިޑުން ހިންގާ ގިނަ ފޯނުތަކެއް ނެރެމުންދިޔަ ވާވޭއަށް ގޫގުލް ކުންފުނީގެ ދަތިކުރުންތަކާ ކުރިމަތިވެ ގޫގުލްގެ އެޕްލިކޭޝަންތައް ބޭނުން ނުކުރެވޭ ގޮތް ވިއެވެ. އެހެން ކަމުން ވާވޭގެ އަމިއްލަ އޮޕަރޭޓިން ސިސްޓަމަކާއެކު ފޯނުތައް ނެރެން މަޒުބޫރުވިއެވެ. ވާވޭގެ އަމިއްލަ އޯއެސް އާއި އެކު އެ ކުންފުނީގެ އުފެއްދުންތަކަށް ލިބުނު މަގުބޫލުކަން ދަށަށްދިއައެވެ. އެހެން ނަމަވެސް ކުންފުނީގެ އަމާޒަކީ ތަފާތު ޑިޒައިންތަކުގެ ފޯނުތަކާއި ސުމާޓް ގަޑި ތަކާއި އެކު އެނބުރި އައިސް ސެމްސަން އަދި އެޕަލްގެ އައިފޯނާ ވާދަ ކުރުމެވެ.
އެގޮތުން މިފަހަރު ދައްކާލި ގަޑީގެ ސަބަބުން އިތުރަށް ވިޔަފާރި ފުޅާވެގެން ދާނެކަމަށް ދިރާސާވެރީން ބުނެއެވެ. ވާވޭ ކުންފުނީގެ އަމާޒަކީ މި ގަޑިއާއިއެކު ތަފާތު ފޯނުތަކެއް ވެސް ބާޒާރަށް ނެރުމެވެ. ވާވޭގެ އަމިއްލަ އޯއެސް އާއި އެކު ބައެއް ފޯނުތައް ނެރެފައިވިޔަސް އެ ފޯނުތަކުގެ ވިޔަފާރި ވައިގައި ހިފާ ގޮތެއް ނުވެއެވެ. އެހެން ކަމުން ގޫގުލް ސާވިސް ހިމެނޭ އެންޑުރޮއިޑް ފޯނުތަކާ ދިމާއަށް ދިއުމަށް ވާވޭއަށް ވަނީ މަޒުބޫރު ވެފައެވެ. އެހެން ނަަމަވެސް އެކަން ވާނީ އެމެރިކާ ސަރުކާރުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ލިބިގެންނެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ