ގަތަރު ވޯލްޑް ކަޕް 2022ގެ ސެމީ ފައިނަލުގައި އާޖެންޓީނާއާއި ކްރޮއޭޝިއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!

  • އާޖެންޓީނާ
  • އާޖެންޓީނާ ގްރޫޕް ސްޓޭޖު ފެށީ ސައުދީ އަތުންވި ހައިރާންކުރުވަނިވި ބައްޔަކުން
  • އޭގެ ފަހުން މެކްސިކޯއާއި ޕޮލެންޑް 2-0 އިން ބަލިކޮށް ގަދަ 16 ހޯދި
  • ގަދަ 16ގައި އާޖެންޓީނާއިން އޮސްޓްރޭލިއާ ބަލިކުރީ 2-1 ގެ ނަތީޖާއަކުން
  • އާޖެންޓީނާއަށް މިހާތަށް ތަފާތު ދައްކަމުން ދަނީ މެސީ، އޭނާ ވަނީ ހަތަރު ގޯލު މިހާތަނަށް ޖަހާފައި
  • ކުއާޓާގައި އާޖެންޓީނާ ވަނީ ނެދަލޭންޑްސް ކައިރިން ޕެނަލްޓީ ޖަހައިގެން މޮޅުވެފައި
  • އެ މެޗު ވެގެން ދިޔައީ ފޯރިގަދަ މެޗަކަށް، ގިނަ ކާޑުތަކެއް މެޗުގައި ފެނުނު
  • ކްރޮއޭޝިއާ
  • ކްރޮއޭޝިއާ ގްރޫޕް ސްޓޭޖުގައި ބެލްޖިއަމާއި މޮރޮކޯ ކައިރީ އެއްވަރުވީ ގޯލެއް ނުޖެހި
  • އެޓީމުން ގަދަ 16 ޔަގީންކުރީ ކެނެޑާ ކައިރިން ހޯދި ބޮޑު މޮޅާއެކު
  • ގަދަ 16ގައި ކްރޮއޭޝިއާ ވަނީ ޕެނަލްޓީ ޖަހައިގެން ޖަޕާން ކަޓުވާލައިފައި
  • ކްރޮއޭޝިއަކީ މިދިޔަ 2018 ވަނަ އަހަރު ވޯލްޑް ކަޕްގެ ރަނަރަޕް ޓީމު
  • އެޓީމަކީ ނޮކްއައުޓްގައި ކާމިޔާބު ޓީމެއް، ހާއްސަކޮށް ޕެނަލްޓީއަށް ކާމިޔާބު
  • އެޓީމުން ކުއާޓާގައި ފެވަރިޓް، ބްރެޒިލް ބަލިކުރީވެސް ޕެނަލްޓީގައި
  • އެ މެޗު ކްރޮއޭޝިއާއިން އިތުރު ވަގުތުގެ ފަހު ވަގުތުގައި އެއްވަރުކުރީ 1-1 އިން
  • އާޖެންޓީނާއާއި ކްރޮއޭޝިއާ މީގެ ކުރިން ވާދަކުރި ފަސް މެޗު
  • އޭގެ ތެރެއިން ތިން މެޗަކީ އެކުވެރިކަމުގެ ތިން މެޗެއް
  • އެކުވެރިކަމުގެ ފުރަތަމަ މެޗަށް ދެގައުމުން ނުކުތި 1994 ގައި، އެ މެޗު ވީ ގޯލެއް ނުޖެހި އެއްވަރު
  • ދެން ކުޅުނީ 2006 ވަނަ އަހަރު، އެ މެޗުން ކްރޮއޭޝިއާ މޮޅުވީ 3-2 ގެ ނަތީޖާއަކުން
  • 2014 ވަނަ އަހަރުވެސް ދެގައުމުން އެކުވެރިކަމުގެ މެޗެއް ކުޅުނު، އެ މެޗު 2-1 އިން ކާމިޔާބުކުރީ އާޖެންޓީނާ
  • ކްރޮއޭޝިއާއާއި އާޖެންޓީނާ ވޯލްޑް ކަޕްގައި ކުރިމަތިލީ ދެ ފަހަރު
  • ފުރަތަމަ މެޗަކީ 1998 ވަނަ އަހަރު ވޯލްޑް ކަޕްގައި ކުޅުނު މެޗު
  • އެ މެޗު 1-0 އިން އާޖެންޓީނާ ކާމިޔާބުކުރި ނަމަވެސް، މި ޖީލުގެ ކުރިމަތިން 2018 ވަނަ އަހަރު ދިޔައީ މުޅިން އަނެއް ކޮޅަށް
  • ރަޝިއާ ވޯލްޑް ކަޕްގައި ކުޅުނު މެޗު ކްރޮއޭޝިއާއިން ކާމިޔާބުކުރީ އާޖެންޓީނާ ލަދުގަންނަވާލައި، 3-0 ގެ ނަތީޖާއަކުން