ހދ. ނޮޅިވަރަމުގައި މަރާލާފައި އޮއްވައި ފެނުނު އެ ރަށު ހިތައްފިނިވާގޭ ނިޝާމާ މުހައްމަދު 28އ. ގެ ހަށިގަނޑު މާލެ ގެނެސްފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ބުނީ ނިޝާމާގެ ހަށިގަނޑު މިއަދު މާލެ ގެނެސްފައިވާ ކަމަށާއި މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ ކަންތައްތައް ކުރަމުންދާ ކަމަށެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ނިޝާމާގެ މަރު ފުލުހަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު މެންދުރު 12:30 ގައެވެ. އެ މައުލޫމާތު ލިބުމާއެކު ފުލުހުން ވަނީ ސީނަށް އެޓެންޑުވެ، އޭނާ ވަގުތުން އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ. ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޝާމާ އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެއެވެ.
ނިޝާމާގެ މަރުގެ ތުހުމަތު ވަނީ އޭނާގެ ފިރިމީހާ އދ. ފެންފުށީ/ ރޯޒީ ވިލާ، އަބޫބަކުރު ފައިސަލް 32އ، އަށެވެ. އޭނާ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް އަމިއްލައަށް ހާޒިރުވުމުން ކޯޓު އަމުރަކާއެކު ފުލުހުން އޭނާ ހައްޔަރުކޮށްފައިވާ އިރު، ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ދީފައެވެ.
"ވަން" އަށް ކަށަވަރުވެފައިވާ ގޮތުގައި ތިން ދަރިންގެ މަންމަ، ނިޝާމާ މަރާލާފައި އޮއްވައި ފެނިފައިވަނީ އޭނާ ދިރިއުޅޭ ގޭގެ ކޮޓަރި ތެރެއިންނެވެ.
ނޮޅިވަރަމުން "ވަން" އާ ވާހަކަދެއްކި މީހަކު ބުނި ގޮތުގައި މީގެ ކުރިންވެސް ނިޝާމާ ނޭވާ ހާސްކޮށް، މަރައިލުމަށް އޭނާގެ ފިރިމީހާ މަސައްކަތް ކޮށްފައިވާ ކަމަށް، ނިޝާމާ އެރަށުގެ ބައެއް އަވަށްޓެރިން ކައިރީގައި ބުނެފައިވާ ކަމަށެވެ. އަދި މަރުގެ އިންޒާރުތައްވެސް ވަރަށް ގިނައިން އޭނާއަށް ދީފައިވާ ކަމަށް ނިޝާމާ ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު