ގިނަ އަދަދެއްގެ މުދާ ބަރުކޮށްގެން ނ. ވެލިދޫއިން ފުރައިގެން ށ. ގޮއިދުއަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ދިޔަވެ، އަޑިއަށް ހިނގައްޖެއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ އަޑިއަށް ދިޔައީ ކުޅުދުއްފުށި ސިޓީގެ "ހައިޝަމް" ނަމަކަށް ކިޔާ ދިގު މިނުގައި 70 ފޫޓު ހުރި ދޯންޏެއް ކަމަށެވެ. އެ ދޯނި، ށ. ބޮޑުޅައިމަންދޫ ފަޅު ކައިރިއަށް އަޑިއަށް ގޮސްފައިވާކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 11:13 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ނަމަވެސް އެ ދޯނި ދިޔަވާން މެދުވެރިވީ ކޮން ސަބަބަކާ ހުރެ ކަމެއް އެމްއެންޑީއެފުން ނުބުނެއެވެ.
އެމްއެންޑީއެފުން ބުނީ އެ ދޯނި އަޑިއަށް ދިޔައިރު އޭގައި ހަތަރު ދިވެހިން ތިބި ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.
އެމްއެންޑީއެފުން އިތުރަށް ބުނީ، އެ ދޯނިން އޮޔާ ދިޔަ ގޭސް ފުޅިތައް އެމްއެންޑީއެފްގެ ލޯންޗަކަށް ނަގާފައިވާ ކަމަށާއި ދޯންޏަށް އެހީތެރިވުމަށް ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު