ގަތަރު ވޯލްޑް ކަޕް 2022 ގެ ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި ކްރޮއޭޝިއާ އާއި ބްރެޒިލް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

  • ބްރެޒިލް
  • ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ދެ މޮޅު ހޯދި
  • އެގޮތުން ބްރެޒިލުން ސާބިއާ އާއި ސްވިޒަލޭންޑް ބަލިކުރި
  • ބްރެޒިލް ގްރޫޕް ސްޓޭޖުގައި ބަލިވީ ކެމަރޫން އަތުން
  • ގަދަ 16 ގައި ބްރެޒިލް ވަނީ 4-1 އިން ފަސޭހަކަމާއެކު ދެކުނު ކޮރެއާ ބަލިކޮށްފައި
  • ބްރެޒިލަކީ ވޯލްޑް ކަޕްގެ އެންމެ ކާމިޔާބު ޓީމް، އެޓީމުން ފަސް ފަހަރު ތަށި ހޯދާފައިވޭ
  • ކްރޮއޭޝިއާ
  • ކްރޮއޭޝިއާ ގްރޫޕް ސްޓޭޖުގައި ބެލްޖިއަމާއި މޮރޮކޯ ކައިރީ އެއްވަރުވީ ގޯލެއް ނުޖެހި
  • އެޓީމުން ގަދަ 16 ޔަގީންކުރީ ކެނެޑާ ކައިރިން ހޯދި ބޮޑު މޮޅާއެކު
  • ގަދަ 16ގައި ކްރޮއޭޝިއާ ވަނީ ޕެނަލްޓީ ޖަހައިގެން ޖަޕާން ކަޓުވާލައިފައި
  • ކްރޮއޭޝިއަކީ މިދިޔަ 2018 ވަނަ އަހަރު ވޯލްޑް ކަޕްގެ ރަނަރަޕް ޓީމް
  • އެޓީމަކީ ނޮކްއައުޓްގައި ކާމިޔާބު ޓީމެއް، ހާއްސަކޮށް ޕެނަލްޓީއަށް ކާމިޔާބު
  • ބްރެޒިލާއި ކްރޮއޭޝިއާ ވަނީ މީގެ ކުރިން ހަތަރު މެޗެއްގައި ވާދަކޮށްފައި
  • އޭގެ ތެރެއިން ދެމެޗަކީ ވޯލްޑް ކަޕްގެ މެޗުތައް
  • 2006 ވަނަ އަހަރު ވޯލްޑް ކަޕްގައި ބްރެޒިލާއި ކްރޮއޭޝިއާ ކުޅުނު މެޗުން ބްރެޒިލް މޮޅުވީ 1-0 ގެ ނަތީޖާއަކުން
  • 2014 ވަނަ އަހަރު ވޯލްޑް ކަޕްގައި ބްރެޒިލާއި ކްރޮއޭޝިއާ ކުޅުނު މެޗު ބްރެޒިލް ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުން
  • ބްރެޒިލް އަތުން ކްރޮއޭޝިއާއަށް އަދި މޮޅެއް ހޯދިފައެއް ނެތް
  • 2005 ވަނަ އަހަރު ދެޓީމު ކުޅުނު އެކުވެރިކަމުގެ މެޗުވީ 1-1 އިން އެއްވަރު
  • އެންމެފަހުން 2018 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗު ބްރެޒިލް ނެގީ 2-0 ގެ ނަތީޖާއަކުން