މާފުށީ ޖަލު ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާއި ފުލުހުންނާއި ސިފައިން ގުޅިގެން ފަށައިފިއެވެ.
ކަރެކްޝަނުން ބުނީ، ރޭ ފެށި މި އޮޕަރޭޝަނަކީ ޖަލަށް މަނާތަކެތި ވައްދައިގެން ސްކޭމް ކުރުމާއި ޓެރެރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާކަމަށް ލިބިފައިވާ މައުލޫތުތަކާއި ގުޅިގެން ހިންގާ އޮފަރޭޝަނެއްކަމަށެވެ.
ސްކޭމް ކޯލްތައް އެންމެ ގިނައިން ކުރަނީ މާފުށީ ޖަލު ސަރަހައްދުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މާފުށީ ޖަލު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފުލުހުން ފެށިއިރު، ކަރެކްޝަނުން ދާދިފަހުން ފުލުހުންނާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ މަސްތުވާތަކެއްޗާއެކު ކަރެކްޝަނުގެ އޮފިސަރެއް ހައްޔަރުކޮށްފައެވެ. އޭނާގެ އަތުން މަސްތުވާތަކެތީގެ އިތުރުން ގިނަ އަދަދެއްގެ ފޯނުވެސް ފުލުހުން ވަނީ ހޯދައިފައެވެ.