ވޯލްޑް ކަޕް ތެރޭގައި ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ބްރެޒިލްގެ އާސެނަލް ފޯވަޑް، ގެބްރިއަލް ޖީސަސް އޮޕަރޭޝަނެއް ކޮށްފިއެވެ.
ކެމަރޫނާ ދެކޮޅަށް ބްރެޒިލުން ކުޅުނު މެޗުގައި ކެމަރޫން އަތުން 1-0 އިން ބަލިވެފައިވާ އިރު، އެ މެޗުގައި ޖީސަސްގެ ކަނާތު ކަކުލަށް ވަނީ އަނިޔާވެފައެވެ. ކަކުލަށް ލިބުނު އަނިޔާގެ ތަފުސީލު ހޯދުމަށް ހެދި އެމްއާރުއައި ސްކޭނަށްފަހު ބްރެޒިލްގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނީ ޖީސަސްއަށް ގަތަރު ވޯލްޑް ކަޕްގެ ބާކީ ބައިގައި ނުކުޅެވޭނެ ކަމަށެވެ.
ޖީސަސްގެ ކްލަބު އާސެނަލުން މިއަދު ބުނީ ޖީސަސް ކަކުލުގެ އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވާ ކަމަށާއި މިހާރު ވަނީ އެނބުރި އައުމަށް ރިހިބްލިޓޭޝަންގެ މަސައްކަތް ފަށާފައި ކަމަށެވެ.
މީޑިއާ ރިޕޯޓްތައް ބުނެފައިވާ ގޮތުން ސާޖަރީއާއެކު ޖީސަސްއަށް ގާތް ގަނޑަކަށް ތިން މަސް ދުވަހުގެ ކުޅުން ގެއްލޭނެ ކަމަށެވެ. ޖީސަސްގެ އަނިޔާ ވެގެންދަނީ އާސެނަލަށް ބޮޑު މާޔޫސް ކަމަށެވެ.
ޖީސަސް މިފަހަރުގެ ވޯލްޑް ކަޕަށް ދިޔައީ އާސެނަަލްއާއެކު ސީޒަންގެ ކުރީކޮޅުގައި މޮޅަށް ކުޅެފައެވެ. އެގޮތުން އޭނާ ވަނީ މި ސީޒަނުގައި އާސެނަލަށް ކުޅުނު 13 މެޗުން ފަސް ގޯލު ޖަހައިފައެވެ.
އާސެނަލް
އާސެނަލް
އާސެނަލް
އާސެނަލް