ގަތަރު ވޯލްޑް ކަޕް 2022 ގެ ގަދަ 16 ގެ ތިންވަނަ މެޗުގައި ފްރާންސާއި ޕޮލެންޑް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

  • ފްރާންސް
  • އެންމެފަހުގެ ޗެމްޕިއަން ފްރާންސަކީ ގްރޫޕް ޑީގެ އެއްވަނަ ޓީމު
  • އެޓީމުން ފުރަތަމަ ކުޅުނު ދެ މެޗުން ގަދަ 16 ޔަގީންކުރި
  • ފްރާންސުން ފުރަތަމަ މެޗުގައި އޮސްޓްރޭލިއާ ބަލިކުރީ 4-1 އިން، ދެވަނަ މެޗުގައި ޑެންމާކް ބަލިކުރީ 2-1 އިން
  • ބަދަލުތަކާއެކު ތިންވަނަ މެޗަށް ނުކުތް ފްރާންސް، ޓިއުނީޝިއާ ކައިރިން ބަލިވީ 1-0 އިން
  • ފްރާންސަށް ގްރޫޕް ސްޓޭޖުގައި އެންމެ މުހިއްމު ކުޅުމެއް ދެއްކީ އެމްބާޕޭ
  • އޭނާ ވަނީ ތިން ގޯލު ޖަހައިދީފައި
  • ޕޮލެންޑް
  • ޕޮލެންޑަކީ ގްރޫޕް ސީގެ ދެވަނަ ޓީމް
  • އެޓީމުން ގްރޫޕް ސްޓޭޖުގައި ފުރަތަމަ ކުޅުނު މެޗުގައި މެކްސިކޯއާ އެއްވަރުވީ ގޯލެއް ނުޖެހި
  • ދެވަނަ މެޗުގައި 2-0 ސައުދީ އަރަބިއާ ބަލިކުރި
  • ތިންވަނަ މެޗަށް ނުކުތް އިރު ޕޮލެންޑަށް އޮތީ ހަނި ފުރުސަތެއް
  • އެ މެޗުގައި އާޖެންޓީނާ އަތުން 2-0 އިން ބަލިވި އިރު، ޕޮލެންޑަށް ގަދަ 16 ލިބުނީ މެކްސިކޯއަށްވުރެ ފައިދާ ގޯލު ގިނަވުމުން
  • މެކްސިކޯ ފަހު މެޗުގައި ގަދަ 16އާ ގާތަށް ޖެހިލި ނަމަވެސް، އެކަން ހާސިލެއް ނުވި
  • އަނެއްކޮޅުން ޕޮލެންޑަށް ފައިދާވީ ސައުދީވެސް ފަހު މެޗުގައި ބަލިވެގެން
  • ޓީމުގެ ކެޕްޓަން ލެވަންޑޯސްކީ ވަނީ ސައުދީ ކޮޅަށް ކެރިއަރުގެ ފުރަތަމަ ވޯލްޑް ކަޕް ގޯލު ކާމިޔާބުކޮށްފައި