މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ނެޓްވޯކެއްގެ ބަޔަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ދިވެހި ހަ ފިރިހެނުންނެވެ.
އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން، އެ ކޯޓުން ވަނީ އެ މައްސަލައިގައި ހިމެނޭ 30 އަހަރުގެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރުކޮށްފައެވެ.
އެ މައްސަލައިގައި އުމުރުން 36 އަހަރުގެ މީހަކާއި 39 އަހަރުގެ މީހަކާއި 47 އަހަރުގެ މީހެއްގެ ބަންދަށް 30 ދުވަސް ޖެހި އިރު، އުމުރުން 28 އަހަރުގެ މީހާ އާއި 37 މީހާގެ ބަންދަށް ދިނީ 25 ދުވަހެވެ.
އެ މީހުން ބަންދުކުރި ކޯޓު އަމުރުގައިވާ ގޮތުގައި އެމީހުންނަކީ މަސްތުވާތަކެތީގެ ކަންކަން އިންތިޒާމުކުރާ ނެޓްވޯކެއްގެ ބައެއް ކަމަށެވެ. އަދި އެމީހުންނަކީ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް އޮންނަ ބައެއް ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި، ޑްރަގް ނެޓްވޯކާ ގުޅިގެން ބަލައި ފާސްކުރި ތަންތަނުން އެކި ގޮތްގޮތަށް ޕެކް ކުރެވިފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ އާއި މަސްތުވާތަކެތި ޕެކް ކުރުމަށް ބޭނުން ކުރާ މެޝިންތަކާއި ސެލޯފިން އާއި ކައްޓާ ފެނިފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު