ބްރެޒިލްގެ ލެޖެންޑް، ޕެލޭގެ ސިއްހީ ހާލަތު ގޯސްވެ، އުންމީދު ކަނޑާލާފައިވާ ކަމަށް ބްރެޒިލްގެ ނޫސްތަކުން ބުނެފައިވާ ވާހަކައަށް ޕެލޭ ޖަވާބު ދީފިއެވެ.
މިދިޔަ އަހަރުން ފެށިގެން ގޮހޮރުގެ ކެންސަރާ ހަނގުރާމަ ކުރަމުން އަންނަ ޕެލޭ، މިދިޔަ އަންގާރަ ދުވަހު ހޮސްޕިޓަލުގައި އެޑްމިޓްކުރި ހިސާބުން ފެށިގެން މީޑިއާތަކުން ރިޕޯޓް ކުރީ އޭނާގެ ހާލު ދެރަވެ އުންމީދު ކަނޑާލާފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުންން ފެށިގެން ޕެލޭއަށް ކީމޯތެރަޕީ ދެމުން އަންނައިރު، ބްރެޒިލްގެ ނޫސް، ފޮޅާއިން ރިޕޯޓް ކޮށްފައި ވަނީ ކީމޯއިން ޕެލޭގެ ހާލަތު ރަނގަޅު ނުވާ ކަމަށާއި ޑޮކްޓަރުން މިހާރު ވަނީ އުންމީދުވެސް ކަނޑާލާފައި ކަމަށެވެ. އެހެންކަމުން ޕެލޭ އިތުރު ފަރުވާއަކަށް މިހާރު މަސައްކަތް ނުކުރާ ކަމަށްވެސް އެ ނޫހުގައި ބުނެފައިވެއެވެ.
އެކަމަށް ޖަވާބު ދެމުން ކުރި ހާއްސަ އިންސްޓާގްރާމް ޕޯސްޓެއްގައި ޕެލޭ ބުނީ އޭނާ ހޮސްޕިޓަލުގައި އޮތީ އާންމުކޮށް ކޮންމެ މަހަކުވެސް ހޯދަމުން އަންނަ ފަރުވާ ހޯދަން ކަމަށާއި، އެތައް ބައެއްގެ ހެޔޮ މެސެޖުތަކުން ހިތްވަރު އާވެއްޖެ ކަމަށެވެ. ހާއްސަކޮށް ރޭ ގަތަރުގެ އިމާރާތެއް ދިއްލާލި ދިއްލާލުމަށް ޕެލޭ ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.
ޕެލޭގެ ސިއްހީ ހާލަތު މިހާރަކަށް އައިސް ފެންނަނީ ދަށްކޮށެވެ. 2015 ވަނަ އަހަރުވެސް ޕެލޭ ބޮޑު އޮޕަރޭޝަނެއް ކޮށްފައިވާ އިރު، އެއަށްފަހު އޭނާގެ ހާލަތު ގޯސްވާތީ އެކި ފަހަރުމަތިން ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓްކޮށްގެންވެސް ފަރުވާ ދިނެވެ.
މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ޕެލޭއަށް ވަރަށް ބޮޑަށް ހިނގައި އުޅެން ދަތިވުމުގެ މައްސަލަތައް ކުރިމަތިވެފައިވާ އިރު، އޭނާގެ ދަރިފުޅު އެ ފަހަރު ބުނެފައި ވަނީ އަމިއްލައަށް ހިނގާބިނގާވެ އުޅެން ޕެލޭއަށް ދަތިވާތީ ގެއިން ބޭރަށް ނުކުންނަން ލަދުގަންނަ ކަމަށެވެ. މީގެ ކުރިން 2019 ވަނަ އަހަރު ޔޫރިން އިންފެކްޝަނެއްގެ ސަބަބުންވެސް ޕެލޭއަށް ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދީފައެވެ.
ބްރެޒިލަށް އެންމެ ގިނަ ގޯލު ޖަހައިދިން ރެކޯޑް އޮތް ޕެލޭއަކީ ފުޓްބޯޅައިގައިވެސް ބޮޑު ރެކޯޑުތަކެއް މުގުރާލާފައިވާ ތަރިއެކެވެ. ޕެލޭ ވަނީ ބްރެޒިލް ޓީމަށް ކުޅެދިން 91 މެޗުން 77 ގޯލު ޖަަހައިފައެވެ. އޭނާއަކީ ތިން ވޯލްޑް ކަޕެއް އުފުލާލި ހަމައެކަނި ކުޅުންތެރިޔާވެސް މެއެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022