އަސްކަރީ މަތިންދާބޯޓެއް އެމަޖެންސީގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޖައްސައިފިއެވެ.
ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރު، ކޯޕަރޭޓް ކޮމިއުނިކޭޝަން ހަސަން އަރީފު "ވަން" އަށް މިއަދު ވިދާޅުވީީ، ޓެކްނިކަލް މައްސަލައެއް ދިމާވެ، މިލިޓަރީ މަތިންދާބޯޓެއް މިއަދު މެންދުރުފަހު 1:40 ހާއިރު ވީއައިއޭއަށް ޖެއްސި ކަމަށެވެ.
އަރީފު ވިދާޅުވީ، އެ މަތިންދާބޯޓަށް ޖެހުނު މައްސަލަ ހައްލުކުރުމަށްފަހު މިހާރު ފުރާފައިވާ ކަމަށެވެ. އަދި ބޮޑެތި އެއާޕޯޓުތަކަށް އެމަޖެންސީގައި މަތިންދާބޯޓު ޖެއްސުމަކީ އާއްމު ކަމެއް ކަމަށް ވިދާޅުވިއެވެ.
ނަމަވެސް އެއީ ކޮން ގައުމެއްގެ މަތިންދާބޯޓެއް ކަމެއް އަދި އޭގައި ތިބީ ކިތަށް މީހުން ކަމެއް ހާމައެއް ނުކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު