ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޖީގެ ފަސްވަނަ މެޗުގައި ބްރެޒިލާއި ކެމެރޫން ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

ބްރެޒިލަށް މި މެޗުން ޕޮއިންޓެއް ހޯދައިގެންވެސް ގްރޫޕްގެ އެއްވަނަ ޔަގީން ކުރެވޭނެ. ކެމަރޫނަށް އޮތީ މޮޅެއް ހޯދުން. ކެމަރޫން މިރޭގެ މެޗުން މޮޅުވި ނަމަވެސް، އެޓީމަށް ގަދަ 16 ޔަގީން ކުރެވެން އޮތީ ސާބިއާއިން ސްވިޒަލޭންޑާ ދެކޮޅަށް ކުޅޭ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން. މެޗު ވެގެންދާނީ 2018 ވަނަ އަހަރު މި ދެ ގައުމުން ކުޅުނު އެކުވެރިކަމުގެ މެޗަށްފަހު ކުޅެވޭ ފުރަތަމަ މެޗަށް. އެ މެޗު ބްރެޒިލުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުން. ބްރެޒިލާއި ކެމަރޫން ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައިވެސް ވާދަކޮށްފައި. އެ މެޗު ބްރެޒިލުން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުން.

"އަހަރެމެން ގަބޫލުކުރަނީ މި ކެމަރޫން ޓީމަށް ބްރެޒިލް ބަލިކުރެވިދާނެ ކަމަށް. އަހަރެމެން ވޯލްޑް ކަޕަށް ދިޔައީ ބައިވެރިވެލާކަށް ނޫން. އަހަރެމެންނަށްވެސް ވޯލްޑް ކަޕްގައި ބަސް ބުނެވޭނެ. ބްރެޒިލަކީ މޮޅު ޓީމަށް އެނގި ތިބެގެންވެސް ބްރެޒިލް ބަލިކުރެވޭނެ ކަމަށް އަރެމެން މި އުންމީދުކުރަނީ. އެކަމަށް ބޭނުންވާ ކަންކަން ޓީމުގެ ކިބައިގައި އެބަހުރި،"