ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް އީގެ ހަވަނަ މެޗުގައި ޖަރުމަނާއި ކޮސްޓަ ރީކާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

ޖަރުމަނަށް އަމިއްލަ ބާރުގައި ގަދަ 16 އަށް ދެވެން އޮތީ މިރޭގެ މެޗުގައި ތަފާތު ބޮޑު ނަތީޖާއަކުން ކޮސްޓަ ރީކާ ބަލިކޮށްގެން އެކަނި. އެހެން ނަމަވެސް ސްޕެއިނުން ޖަޕާނާ ދެކޮޅަށް ކުޅޭ މެޗުގައި ސްޕެއިން މޮޅުވެއްޖެނަމަ، ޖަރުމަނަށް މޮޅަކާއެކު ގަދަ 16 ލިބޭނެ. ނޫން ނަމަ ޖެހޭނީ އަށްވަރަކަށް ގޯލުގެ ތަފާތަކުން މޮޅުވާން.

އިދިކޮޅަށް ނުކުންނަ ކޮސްޓަ ރީކާގެ ކޯޗު ލުއިސް ފެނާންޑީ ސުއަރޭސް ބުނީ ޖަރުމަނު ކަޓުވާލެވުމަކީ ފަހުރުވެރިވާނެ ކާމިޔާބީއަކަށް ވާނެ ކަމަށާއި، އެކަން ކުރަން އަޒުމެއްގައި ޓީމު ތިބި ކަމަށް.

  • 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕަށް އެންމެފަހުގެ ޗެމްޕިއަނުންގެ ގޮތުގައި ނުކުމެވެސް ޖަރުމަނަށް ގްރޫޕް ސްޓޭޖުން އަލްވަދާއު ކިޔަން ޖެހިފައިވޭ
  • އެގައުމުގެ ތާރީހުގައި އަދި އަލަށްވެސް ޖެހިޖެހިގެން ދެ ވޯލްޑް ކަޕެއްގެ ގްރޫޕް ސްޓޭޖުން ކަޓައިގެން ގޮސްފައެއް ނުވޭ
  • މިފަހަރު އެކަމުން ސަލާމަތް ކޮށްދިނުމުގެ ޒިންމާ އެޅިފައި އޮތީ މިދިޔަ އަހަރު ޓީމާ ހަވާލުވި، ކުރިން 2006 އިން 2014 އަށް ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަމުގައި ހުރި ހާންސީ ފްލިކްގެ ބޮލުގައި
  • އޭނާ ބުނީ ކެޓިޔަސް އިސްތިއުފާ ނުދޭނެކަމަށް
  • މިރޭ ގްރޫޕް ސްޓޭޖުން ކަޓައިފިނަމަ، އެއީ ޖަރުމަނު ފުޓުބޯޅަ ތާރީހުގައި އަނދިރި ސޮފުހާއަކަށް ވާނެ