ކުޅުދުއްފުށި ސިޓީގައި ސަރުކާރުން އިމާރަތްކުރި 165 ރޯ ހަރުސް އެ ސިޓީ ކައުންސިލާ ހަވާލުކޮށްފިއެވެ.
އެ ސިޓީގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ރޯ ހައުސްތައް ކައުންސިލާ ހަވާލުކޮށްދެއްވީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްއެވެ. ކައުންސިލްގެ ފަރާތުން ރޯ ހައުސްތަކާ ހަވާލުވެވަޑައިގެންނެވީ އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފުއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ކުޅުދުއްފުށީގައި މި ފާހަގަކުރަނީ ދިގު އިންތިޒާރެގެ ނިމުން ކަމަށެވެ.
ބޮޑުތިލަތުންމަތީގެ އެންމެ އާބާދީ ބޮޑު ރަށް، ކުޅުދުއްފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމަށް 2011 ފެށި ރޯހައުސްގެ މަޝްރޫއުގެ ބޮޑުބައެއް ނިމިފައިވަނިކޮށް، އެ މަޝްރޫއު ހުއްޓުނީ 2012 ވަނަ އަހަރު ފެބްރުއަރީ މަހު އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ހިސާބުންނެވެ.
"އެހެންނަމަވެސް މި މަސައްކަތް ކުރިއަށްނުގޮސް ފަހުން ވަނީ މަސައްކަތް ހުއްޓިފަ،" ޕްލޭނިން މިނިސްޓްރީން ބުންޏެވެ.
އެއަށް ފަހު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ގާތްވެފައި ވަނިކޮށް އެތަނުން ބައެއް އިމާރާތް ނިންމައި މީހުން ވެއްދިއެވެ. އަދި ބާކީ ހުރި 105 ރޯ ހައުސްގެ މަސައްކަތް ނިންމުމަށް ޕީއެސްއައިޕީ ބަޖެޓުގައި ހިމަނައި ކޮންޓްރެކްޓަރާ މަސައްކަތް ހަވާލުކުރީ މިދިޔަ އަހަރެވެ.
އެ މަސައްކަތް ނިންމައި މިދިޔަ ހަފުތާއި ވަނީ ރޯ ހައުސްތަކުގައި މީހުން ދިރިއުޅެން ފަށާފައި ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު