ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ސީގެ ހަވަނަ މެޗުގައި ސައުދީ އަރަބިއާއާއި މެކްސިކޯ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
މެޗަށް ނުކުންނަ އިރު ދެޓީމަށްވެސް ފުރުސަތު އެބައޮތް. ސައުދީއަށް ފުރުސަތު ބޮޑު. ސައުދީ ޖެހެނީ މޮޅެއް ހޯދަން. އަނެއްކޮޅުން މެކްސިކޯއަށް އޮތީ އުނދަގޫ މަގެއް. ގަދަ 16 އަށް ޔަގީންކަމާއެކު ދާންވެސް މެކްސިކޯއަށް ހަތަރު ގޯލަށްވުރެ ބޮޑު ފަރަގަކުން މޮޅުވާން ޖެހޭ. އެ ހާލަތަށް މާޓިނޯ ބުނީ އެއީ އެއްވެސް ޝަކުވާއެއް ކުރެވެން ނެތް ހާލަތެއް ކަމަށާއި، ކޮންމެހެންވެސް އޮތީ މޮޅުވުން ކަމަށް.
- މީގެ ކުރިން ސައުދީއާއި މެކްސިކޯ ފަސް މެޗެއްގައި ކުޅުނު
- އޭގެ ތެރެއިން ހަތަރު މެޗުން މޮޅުވީ މެކްސިކޯ، އަނެއް މެޗު ވީ އެއްވަރު
- ސައުދީއަށް އަދި މެކްސިކޯ ބަލިކުރެވިފައެއް ނުވޭ
- މީގެ ކުރިން ދެގައުމުން ކޮންފެޑަރޭޝަންސް ކަޕްގައި ވާދަކުރި، އެއީ 1995 ވަނަ އަހަރާއި 1999 ވަނަ އަހަރު
- އެންމެފަހުން ކުޅުނު މެޗަކީވެސް 1999 ވަނަ އަހަރު ކޮންފެޑަރޭޝަންސް ކަޕްގައި ކުޅުނު މެޗު
- އެ މެޗުން 5-1 އިން ކާމިޔާބުކުރީ މެކްސިކޯ
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022