ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޑީގެ ފަސްވަނަ މެޗުގައި ޓިއުނީޝިއާއާއި ފްރާންސް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

ފްރާންސަކީ އެންމެފަހުގެ ޗެމްޕިއަން. އެޓީމުން މިރޭގެ މެޗަށް ނުކުންނަ އިރުވެސް އޮތީ ގަދަ 16 ޔަގީން ކޮށްފައި. ފްރާންސަށް އެއްވަނަ ހޯދުމަށްވެސް ފަހި ފުރުސަތެއް އެބައޮތް. އެޓީމުން މިރޭގެ މެޗުން ޕޮއިންޓެއް ހޯދިޔަސް އަމިއްލަ ބާރުގައި އެއްވަނަ ނެގޭނެ. އަދި އޮސްޓްރޭލިއަށް ޑެންމާކު ބަލިނުކުރެވިއްޖެ ހާލަތެއްގައިވެސް ފްރާންސަށް އެއްވަނަ ޔަގީންވާނެ.

އަނެއްކޮޅުން ނުކުންނަ ޓިއުނީޝިއާއަށް އޮތީ އަމިއްލަ ބާރު ގެއްލިފައި. އެޓީމުން މޮޅުވިޔަސް، އަނެއް މެޗުގެ ނަތީޖާއަށް އިންތިޒާރު ކުރަން ޖެހޭނެ. ޓިއުނީޝިއާ މޮޅުވެއްޖެނަމަ، އަނެއް މެޗު އެއްވަރުވުން އެއީ ޓިއުނީޝިއާއަށް އޮތް އެންމެ ފަަސޭހަ މަގު.

  • ފްރާންސާއި ޓިއުނީޝިއާ މީގެ ކުރިން ފަސް މެޗެއްގައި ވާދަކޮށްފައިވޭ
  • އެހެންނަމަވެސް ފަހުގެ ތާރީހެއްގައި ވާދަވެރި މުބާރާތެއް ކުޅެފައެެއް ނުވޭ
  • 1971 ވަނަ އަހަރު މެޑިޓްރޭނިއަން ގޭމްސްގައި ޓިއުނީޝިއާއިން ފްރާންސް ބަލިކުރި
  • ދެން އޭގެ ފަހުން ކުޅުނު ހަތަރު އެކުވެރިކަމުގެ މެޗުގެ ތެރެއިން ދެ މެޗުން ފްރާންސް މޮޅުވި
  • އަދި އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެން
  • ފްރާންސާއި ޓިއުނީޝިއާ އެންމެފަހުން ވާދަކުރީ 2010 ވަނަ އަހަރު. އެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެން