ޚަބަރު

ދިރާގު ފުޓުބޯޅަ އީދު: ކުޅުންތެރިޔާ ދިމާކޮށްގެން ޕީއެސް 5 އެއް ހޯދުމުގެ ފުރުސަތު!

ދިރާގު ސޯޝަލް މީޑިއާ ޕޭޖުތަކުގައި ކުރިއަށްދާ "ގެސް ދަ ޕްލޭޔާ؟" ކުއިޒުގައި ބައިވެރިވެގެން ޕްލޭސްޓޭޝަން 5 އެއް ހިލޭ ލިބުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕާ ދިމާކޮށް ދިރާގުން ކުރިއަށްގެންދާ "ދިރާގު ފުޓުބޯޅަ އީދު" ގެ ތެރެއިން ފެށި މި ޕޮރޯމަޝަންގައި ބައިވެރިވެވޭނީ ޕޯސްޓެއްގައި ފޮރުވިފައިވާ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔަކީ ކާކުކަން ދިމާކުރުމަށްފަހު ދިރާގުގެ ޓުވިޓާ، އިންސްޓަގުރާމު ނުވަތަ ފޭސްބުކް ޕޯސްޓުގައި ކޮމެންޓް ކޮށްގެންނެވެ.

މި ކުއިޒް ކުރިއަށްދާނީ ކޮންމެ ފަސް ދުވަހަކުން އެއް ދުވަހު، ފުޓްބޯޅަ އީދުގެ ނިޔަލަށެވެ. މި ފަސް ބުރުން ކޮންމެ ބުރެއްގައިވެސް ނަސީބުވެރި އެއް ފަރާތެއް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިއިން ކޮންމެ ފަރާތަކަށް ސޮނީ ސްޕޯޓްސްގެ 3000 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބޭނެއެވެ.

ޕްލޭސްޓޭޝަން 5 އަދި ފީފާ 23ގެ ގޭމް ސީޑީއެއް ލިބޭނީ ހުރިހާ ބުރެއްގެ ބައިވެރިންގެ ތެރެއިން ހޮވާލެވޭ އެއް ނަސީބުވެރިއަކަށެވެ.

މި ޕްރޮމޯޝަންގެ އިތުރުން 'ދިރާގު ފުޓުބޯޅަ އީދު' ގެ ދަށުން ތަފާތު ޕްރޮމޯޝަންތަކެއް ދަނީ ކުރިއަށް ގެންދަމުންނެވެ.

އޭގެ ތެރެއިން "ޖެހީ ލިބުނީ" ޕްރޮމޯޝަންގެ ދަށުން ކޮންމެ ދިރާގު ކަސްޓަމަރަކަށްވެސް އެފަރާތެއް ސަޕޯޓުކުރާ ޓީމު ގޯލެއް ޖެހުމުން ހިލޭ ޑޭޓާ ލިބޭނެއެވެ. އަދި ވައިބާ، ޓެލެގުރާމް، އިންސްޓަގުރާމް އަދި ސްނެޕްޗެޓްގައި 'ދިރާގު ފުޓުބޯޅަ އީދު' ގެ ހާއްސަ އެނިމޭޓަޑް ސްޓިކާ ޕެކެއް ވަނީ ލޯންޗުކޮށްފައެވެ.

މި ޕްރޮމޯޝަންތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް http://bit.ly/3XeNFd9