މާލެއިން ގެއްލިގެން ހޯދަމުން ދިޔަ ހދ. ނޮޅިވަރަންފަރު/ ނޫރަންވިލާ، ހުސައިން އާލިމް (31އ) ފެނިއްޖެއެވެ.
ފުލުހުން މިރޭ ކުރި ޓުވީޓެއްގައި ބުނީ، އެ ޒުވާނާ ފެނިފައިވަނީ މިރޭގެ 21:35 އެހާކަންހާއިރު ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
ފުލުހުން އޭނާ ހޯދަން އިއުލާނު ކުރީ މި މަހު 23 ވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިގެން އާލިމްގެ އާއިލާއިން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެންނެވެ. އޭނާ ގެއްލިގެން ފުލުހަށް ރިޕޯޓް ކުރީ މިއަދު 2:45 ހާއިރެވެ.