ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ސީގެ ހަތަރުވަނަ މެޗުގައި އާޖެންޓީނާއާއި މެކްސިކޯ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
މިރޭގެ މެޗަށް ކެޕްޓަން ލިއޮނަލް މެސީއާއި އާޖެންޓީނާ ނުކުންނާނީ ފުރަތަމަ މެޗުންވި ބަލި ހަނދާން ނައްތާލަން. ފުރަތަމަ މެޗުގައި ހައިރާންކުރުވަނިވި ގޮތަކަށް ސައުދީ އަރަބިއާ އަތުން އާޖެންޓީނާ ބަލިވީ 1-2 ގެ ނަތީޖާއަކުން. އާޖެންޓީނާގެ އެ ބައްޔަކީ ވޯލްޑް ކަޕް ތާރީހުގައިވެސް އެންމެ ހައިރާންކުރުވަނިވި އެއް ނަތީޖާ. އާޖެންޓީނާއަކީ މުބާރާތުގެ ފެވަރިޓެއް. އެޓީމުން ވޯލްޑް ކަޕަށް ދިޔައީ ދެކުނު އެމެރިކާގެ ޗެމްޕިއަނުންގެ ގޮތުގައި. އަދި 35 މެޗުން ބަލިނުވެ އޮވެގެން.
އަބަދުވެސް ވޯލްޑް ކަޕްގައި އުނދަގޫ ޓީމެއްގެ ގޮތުގައި މެކްސިކޯ ފާހަގަކޮށްލެވޭ އިރު، އެޓީމުން ފުރަތަމަ މެޗުގައި ޕޮލެންޑާ އެއްވަރުވީ 0-0 ގެ ނަތީޖާއަކުން. އެ މެޗުގައި މެކްސިކޯގެ ހީރޯއަކީ ގޯލްކީޕަރު ގިލޭމޯ އޮޗޮއާ. އޭނާ ވަނީ ޕޮލެންޑްގެ ކެޕްޓަން ލެވަންޑޯސްކީ ޖެހި ޕެނަލްޓީ މަތަކޮށްފައި.
- މި ވޯލްޑް ކަޕަކީ މެސީގެ ފަހު ވޯލްޑް ކަޕް ކަމަށް ކުރިން އޭނާ ބުނެފައިވޭ
- ވޯލްޑް ކަޕް ތަށްޓަށް ނުކުތް އާޖެންޓީނާ ފުރަތަމަ ބައްޔަކާއެކު އޮތީ ޕްރެޝަރުގައި
- މެސީގެ ފަހު ވޯލްޑް ކަޕްގައި ކުރިއަށް ދިއުމަށް އާޖެންޓީނާށް މިރޭ މޮޅެއް ބޭނުންވޭ، ޕޮއިންޓަކުން ނުކެޓިޔަސް ހާލަތު ނާޒުކުވާނެ
- ބަލިވެއްޖެ ނަމަ އާޖެންޓީނާ ކަޓާނެ
- މިފަހަރުގެ ވޯލްޑް ކަޕަކީ އާޖެންޓީނާގެ 18 ވަނަ ވޯލްޑް ކަޕް
- އާޖެންޓީނާއިން މީގެ ކުރިން ދެފަހަރު ތަށި ނެގި
- 1978 އަދި 1986 ގައި އާޖެންޓީނާއިން ތަށި ނެގި
- މެސީގެ ލީޑާޝިޕްގައި އެންމެ ކުރިއަށް ދިޔައީ 2014 ވަނަ އަހަރު، އެއީ ފައިނަލަށް
- އެ ފައިނަލުގައި ޖަރުމަނު އަތުން އާޖެންޓީނާ ބަލިވީ 1-0 އިން
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022