ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ސީގެ ތިންވަނަ މެޗުގައި ޕޮލެންޑާއި ސައުދީ އަރަބިއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

މި މެޗަށް ސައުދީ ނުކުންނަނީ ފުރަތަމަ މެޗުގައި ހައިރާންކުރުވަނިވި ގޮތަކަށް އާޖެންޓީނާ ބަލިކޮށްފައި. އެ މެޗުގައި ސައުދީން ފަހަތުން އަރައި އާޖެންޓީނާ ބަލިކުރީ 2-1 ގެ ނަތީޖާއަކުން. އެއީ މިހާތަނަށް ވޯލްޑް ކަޕްގެ ތާރީހުގައިވެސް ފެނުނި އެންމެ ހައިރާންކުރުވަނިވި އެއް ނަތީޖާ. އަނެއްކޮޅުން ނުކުންނަ ޕޮލެންޑް އޮތީ ފުރަތަމަ މެޗުގައި މެކްސިކޯ ކައިރީ އެއްވަރުވެފައި. މެޗުގައި ޕޮލެންޑަށް ޕެނަލްޓީއެއް ލިބި، ގޯލު ޖަހަން ރަނުގެ ފުރުސަތުތައްވެސް ލިބުނު. ޕެނަލްޓީގައި ރޮބާޓް ލެވަންޑޯސްކީ ޖެހި ބޯޅަ މެކްސިކޯ ގޯލްކީޕަރު ގިލޭމޯ އޮޗޮއާ.

  • ހާވޭ ރެނާޑް - ސައުދީ އަރަބިއާ

"އަހަރެންގެ މާމައާއި ކާފައަކީވެސް ޕޮލެންޑަށް އުފަން ބައެއް. އެހެންވިޔަސް މާދަމާ އަހަންނަކީ ސައުދީގެ ރައްޔިތެއް. އަދި ގްރޫޕްގައި އެންމެ ބަލި ޓީމަކީ ސައުދީ ކަން ހަނދާނެއްވެސް ނުނެތޭ. ތަޖުރިބާ މަދު ޓީމަކީވެސް ސައުދީ. "ސައުދީގެ އެފްއޭއަކީ ވަރަށް ސީރިއަސް އެފްއޭއެއް. މިނިސްޓަރުވެސް އެހާމެ ސީރިއަސްވާނެ. އެހެންވީމާ އެންމެ މެޗަކުން މޮޅުވެގެން އެކަހަލަ ކަންކަން ނުކުރާނެ. މުބާރާތުގައި އަދި ވަރަށް މުހިއްމު ދެ މެޗު އެބައޮތް. އުންމީދުތައްވެސް ހުރީ އެ ދެ މެޗު ނެގުމަށް. ހަދިޔާތައް ދޭ ވަރެއްވެސް އަދި ނުވޭ،"

  • ޒެސްލޯ މިޗިނިއެވިޗް - ޕޮލެންޑް

"ފާޑުކިޔުންތައް އެބަހުރި. އަހަރެންގެ ފޯމެޝަނާއި ބައެއް ކުޅުންތެރިން ބޭނުން ނުކުރުމުގެ ކަންތަކުގައިވެސް. އެކަމަކު ބުނެވެން އޮތް ވާހައަކީ 12 ކުޅުންތެރިންނެއް ނުއެއް އެރުވޭނެއޭ ދަނޑު މައްޗަކަށް. ވަކި ކުޅުންތެރިންތަކެއް އަހަރެންނަށްވެސް އެރުވޭނީ. ލެވަންޑޯސްކީއަކީ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ. އޭނާއަކީ މިގައުމަށް އެންމެ ޝަރަފުވެރި ކަމާއެކު ކުޅޭ ކުޅުންތެރިޔާ. ޕެނަލްޓީއެއް ޖަހަން ޖެހުނަސް އަދިވެސް ހުންނާނީ ހަމަ ލެވަންޑޯސްކީ. އެއީ އެކަން އޮންނާނެ ގޮތް،"