ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޑީގެ ތިންވަނަ މެޗުގައި ޓީއުނީޝިއާއާއި އޮސްޓްރޭލިއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
މީގެ ކުރިން ވޯލްޑް ކަޕްގައި މާ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައި ނުވާ ދެގައުމުންވެސް މިއަދު މެޗަށް ނުކުންނާނީ މަޖުބޫރު މޮޅެއް ހޯދަން. ބައްޔަކާއެކު ދެ ޓީމަށްވެސް ގަދަ 16 ގެ ހާލަތު އުނދަގޫވެގެން ދާނެ. ޓިއުނީޝިއާ ފުރަތަމަ މެޗުގައި ޑެންމާކާ އެއްވަރުކުރީ 0-0 ގެ ނަތީޖާއަކުން. އޮސްޓްރޭލިއާ ފުރަތަމަ މެޗުގައި ދުނިޔޭގެ ޗެމްޕިއަން ފްރާންސާ ދެކޮޅަށް ނުކުމެ ބަލިވީ 4-1 ގެ ނަތީޖާއަކުން.
- ޖަލާލް ކަދްރީ - ޓިއުނީޝިއާ
"އޮސްޓްރޭލިއާ ޓީމަކީ ވަރަށް ބޮޑަށް އިހުތިރާމު ލިބިފައިވާ ޓީމެއް، އެއީ އޭޝިއާގެ މުބާރާތްތަކުގައި ދައްކާ ކުޅުމުގެ ސަބަބުން. އޮސްޓްރޭލިއާއަކީ އެންމެ މަތީ ފަންތީގެ މެޗުތަކުގައިވެސް ވަރުގަދައަށް ކުޅެވޭނެ ޓީމެއް. އަވަސް، ހަލުވި ކުޅުންތެރިން އެޓީމުގައި އެބަތިބި. އެކަމަކުވެސް މެޗުގައި ބޭނުންކުރެވޭނެ ބަލިފައިތަކެއް އެބަހުރި. އޮސްޓްރޭލިއާގެ އެތުލެޓިކް ކޮލިޓީ ރަނގަޅު ނަމަވެސް ފިޒިކަލީ އަހަރެމެންނަށް އެޓީމާ ޗެލެންޖް ކުރެވޭނެ. ފްރާންސް މެޗުގައި ބަލިވި ބަލިވުންވެސް އެއީ ހައިރާންކަމެއް ނޫން. ލިބޭ ބޯޅައިގައި އޮސްޓްރޭލިއާ މޮޅަކަސް އެކަން ދަމަހައްޓަން އޮސްޓްރޭލިއާއަށް އުނދަގޫ. އޮސްޓްރޭލިއާ ޓީމުގެ ހުރިހާ ކަމެއް އެނަލައިސްކޮށް ބަލައިފިން. ހުރިހާ މެޗެއްވެސް އެނަލައިސްކޮށްފިން. އެހެންވީމާ ނޭނގޭނެ ކަމެއް ނޯންނާނެ،"
- ގްރަހަމް އާނޯލްޑް - އޮސްޓްރޭލިއާ
"ޓިއުނީޝިއާއަކީ ވަރަށް ފިޒިކަލް ޓީމެއް. އެ ފިޒިކާލިޓީގައި މެޗަށް ނުކުންނަން އޮސްޓްރޭލިއާވެސް ތައްޔާރު. އަަހަރެމެން ނުކުންނާނީ މީގެ ކުރިން އޮސްޓްރޭލިއާގެ ވޯލްޑް ކަޕް ރެކޯޑުން ހިތްވަރު ހޯދައިގެން. 17 މެޗުން ދެ މެޗުން މޮޅުވެފައި އޮތީ. އެއީ ހިތްވަރެއް ކަމަށް ބަލަނީ އާ ޖީލަކަށް މި ޖީލު ވާން ބޭނުންވާތީ. މިއީ އޮސްޓްރޭލިއާގެ ގޯލްޑަން ޖެނެރޭޝަނަކަށް ވެވޭނެ ޓީމެއް. އެކަން ކުރަން ވޯލްޑް ކަޕްގެ ރެކޯޑު ރަނގަޅުކުރަން ޖެހޭ،"
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022