ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ބީގެ ހަތަރު ވަނަ މެޗުގައި އިންގްލެންޑާއި އެމެރިކާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
އިންގްލެންޑުން 2018 ވަނަ އަހަރު ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދިޔައީ އެތައް އަހަރެއްގެ އިންތިޒާރަކަށްފަހު. އެގައުމުން އަދިވެސް އިންތިޒާރު ކުރަނީ 1966 ވަނަ އަހަރަށްފަހު ފުރަތަމަ ވޯލްޑް ކަޕް ތަށްޓަށް. އަދި ފުރަތަމަ ބޮޑު މުބާރާތެއްގެވެސް ތަށްޓަށް. އެ ދަތުރަށް މިފަހަރު އިންގްލެންޑް ފެށީ ވަރުގަދަ މޮޅަކުން. އިރާން ކައިރިން އިންގްލެންޑް ފުރަތަމަ މެޗުގައި މޮޅުވީ 6-2 ގެ ނަތީޖާއަކުން. އަނެއްކޮޅުން ނުކުންނަ އެމެރިކާއިން ގްރޫޕްގެ ފުރަތަމަ މެޗުގައި ވޭލްސްއާ އެއްވަރު ކޮށްފައިވަނީ 1-1 ގެ ނަތީޖާއަކުން.
އެމެރިކާ އާއި އިންގްލެންޑް މީގެ ކުރިން ވޯލްޑް ކަޕްގައި ވާދަކުރީ ދެފަހަރަކުއެވެ. އެއީ 1950 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އިތުރުން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައެވެ. 1950 ވަނަ އަހަރު އިންގްލެންޑް ބަލިވި އިރު، 2010 ގެ މެޗު ވީ އެއްވަރެވެ. ފުރަތަމަ މެޗުގައި 1-0 އިން އިންގްލެންޑް ބަލިވި އިރު، ބިލީ ރައިޓް ފަދަ ކުޅުންތެރިން ތިއްބެވެ. ދެން ކުޅުނު 2010 ވަނަ އަހަރު ވޯލްޑް ކަޕްގައި އެމެރިކާއާ އިންގްލެންޑް 1-1 އިން އެއްވަރުވި އިރު، އެ މެޗުގައި ފެނިގެން ދިޔައީ އިންގްލެންޑް ގޯލްކީޕަރު ރޮބާޓް ގްރީންގެ ބޮޑު ގޯހެއް. އިންގްލެންޑަށް ގޯލު ޖެހީ ސްޓީވަން ޖެރާޑް. އެމެރިކާގެ ގޯލު ޖެހީ ކްލިންޓް ޑެމްސީ. އޭރު އިންގްލެންޑް ޓީމަކީ ފެވަރިޓެއް. ފްރޭންކް ލެމްޕާޑާއި ޖޯން ޓެރީގެ އިތުރުން ވޭން ރޫނީ ފަދަ ކުޅުންތެރިން ޓީމުގައި ތިބި.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022