Close
ޚަބަރު

މިޝަން ފޯ މައިގްރެންޓް ވޯކާސް އާއި އޫރިދޫ ގުޅިގެން ބާއްވާ ކުރިކެޓް ކާނިވަލުގައި ބައިވެރިވުމަށް ހުޅުވާލައިފި

މުހައްމަދު އިޝާން

އޫރީދޫ މޯލްޑިްވްސް އާއި މޯލްޑިވްސް ކުރިކެޓް ބޯޑާ ގުޅިގެން މިޝަން ފޯ މައިގްރޭޓް ވޯކާސް (އެމްއެމްޑަބްލިޔުއެމް)އިން ކުރިއަށް ގެންދާ ބިދޭސީންނަށް ހާއްސަ އަހަރީ މައިގްރޭންޓް ވޯކާސް ކުރިކެޓް ކާނިވަލުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

އޫރީދުން ބުނީ، ކުރިކެޓް ކާނިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހު ކަމަށެވެ. އެހެންކަމުން ކުރިކެޓް ކާނިވަލްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެމްއެމްޑަބްލިޔުއެމްގެ ނަމްބަރު 7384994 އަށް ގުޅައިގެން ރަޖިސްޓްރީ ކުރުމަށް އެދޭ ކަމަށެވެ. އޫރީދޫން ބުނީ ކުރިކެޓް ކާނިވަލްގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިމަހުގެ 29 ވަނަ ދުވަހާ ހަމަޔަށް ހުޅުވިފައި އޮންނާނެ ކަމަށެވެ.

ކުރިކެޓް ކާނިވަލްގެ ބޭއްވުމުގައި އެކަމުގައި އިސްކޮށް ހަރަކާތްތެރިވާނީ މޯލްޑިވްސް ކުރިކެޓް ބޯޑުގެ މުވައްޒަފުން ކަމަށް އޫރީދުން ބުނެއެވެ.

އެމްއެމްޑަބްލިޔުއެމް އިން ބާއްވާ ކުރިކެޓް ކާނިވަލަކީ އަހަރަކު އެއްފަހަރު، ބިދޭސީ މަސަކަތްތެރީން ކުޅިވަރުގައި ބައިވެރިކުރުމަށާއި ބިދޭސީ މަސައްކަތްތެރިންގެ ބޮޑު އާބާދީއަކާ ހަމައަށް ވާސިލްވުމަށް ބާއްވާ މުބާރާތެއްކަމަށް އޫރިދޫން ބުންޏެވެ. މިދިޔަ އަހަރުގެ ކްރިކެޓް ކާނިވަލާ އެއްގޮތަށް މިއަހަރުގެ ކުރިކެޓް ކާނިވަލުގައި ވެސް ބިދޭސީން މަސައްކަތްތެރީންގެ މެޑިކަލް ސްކްރީނިން ހިލޭ ހެދުމަށް ހަމަޖެހިފައިވާކަމަށް އޫރީދޫން ބުންޏެވެ. ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ގާނޫނީ އެހީތެރިކަން ބޭނުންވާ ފަރާރްތަކަށް ގާނޫނީ އެހީ ލިބިގެންދާނެކަމަށް ވެސް އޫރީދޫން ބުންޏެވެ.