ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޖީގެ ދެވަނަ މެޗުގައި ބްރެޒިލާއި ސާބިއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިހާތަނަށް ފަސް ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ބްރެޒިލަކީ މުބާރާތުގެ ތާރީހުގައިވެސް އެންމެ ކާމިޔާބު ޓީމެވެ. ތާރީހުގެ ތެރެއިން ޕެލޭ ފަދަ ކުޅުންތެރިންނާއެކު ތިން ތަށި އެގައުމުން ހޯދި އިރު، އެންމެފަހުން ވޯލްޑް ކަޕް ހޯދާފައި ވަނީ 2002 ވަނަ އަހަރު.

ބްރެޒިލާ ދެކޮޅަށް މިފަހަރު ނުކުންނަ ސާބިއާގެ ފުޓުބޯޅައަށް ޖިއޯޕޮލިޓިކްސްގެ އަސަރު ކޮށްފައިވޭ. ދެވަނަ ބޮޑުހަނގުރާމައިގެ ކުރިން ކިންގްޑޮމް އޮފް ޔޫގޯސްލާވިއާގެ ގޮތުގައި ގިނަ ގައުމުތަކެއް އެކުގައި އޮތް އިރު، 1930 ވަނަ އަހަރުގެ ވޯލްޑް ކަޕުން އެގައުމު ހަތަރުވަނަ ހޯދި. އެ ކާމިޔާބީއަކީ ސާބިއާގެވެސް ހިއްސާ އޮތް ކާމިޔާބީއެއް. ހަނގުރާމައަށްފަހު ސާބިއާ އޮތީ ސޯޝަލިސްޓް ފެޑެރަލް ރިބަޕްލިކް އޮތް ޔޫގޯސްލާވިއާގެ ގޮތުގައި. އޭރު 1950 ވަނަ އަހަރުން ފެށިގެން 1990 ވަނަ އަހަރާ ހަމައަށް ސާބިއާ ވަނީ ހަތް ވޯލްޑް ކަޕެއްގައި ކުޅެފައި ފަހުން ސާބިއާ އެންޑް މޮންޓަނީގްރޯގެ ގޮތުގައި އެގައުމުން ފުޓުބޯޅަ ތަމްސީލުކުރި އިރު، ސާބިއާގެ ނަމުގައި އެގައުމުން ފުޓުބޯޅައަށް ނުކުތީ 2010 ވަނަ އަހަރު

ވޯލްޑް ކަޕްގައި ޖުމުލަ 12 ފަހަރު ވާދަކޮށްފައިވާ ސާބިއާ ވަނީ ފަސް ފަހަރު ޔޫރޯގައި ކުޅެފައި.

  • ބްރެޒިލަކީ ވޯލްޑް ކަޕްގެވެސް، ދެކުނު އެމެރިކާ ސަރަހައްދުގެވެސް އެންމެ ކާމިޔާބު ޓީމް
  • މިހާތަނަށް ރެކޯޑު ފަސް ފަހަރަކު ބްރެޒިލުން ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވޭ
  • އެއީ 1958، 1962، 1970 ވަނަ އަހަރުގެ އިތުރުން 1994 އަދި 2002 ވަނަ އަހަރު
  • ވޯލްޑް ކަޕްގައި ކުޅުނު ޖުމުލަ 109 މެޗުން 73 މެޗު ކާމިޔާބުކޮށްފައިވޭ
  • ބްރެޒިލަށް މިހާތަނަށް ވޯލްޑް ކަޕަކުން ފުރުސަތު ގެއްލިފައެއް ނުވޭ
  • 1930 ވަނަ އަހަރު އުރުގުއާއީގައި ބޭއްވި ފުރަތަމަ ވޯލްޑް ކަޕުން ފެށިގެން މިއަދާ ހަމައަށްވެސް ކޮލިފައިވީ ޕްލޭ އޮފްގައިވެސް ކުޅެން ނުޖެހި
  • ބްރެޒިލުން ފުރަތަމަ ޖެހިޖެހިގެން ހޯދި 1958 ވަނަ އަހަރާއި 1962 ގެ ވޯލްޑް ކަޕަކީ ޕެލޭއާއި މާނޭ ގަރިންޗާ އަދި ޒީޓޯގެ އެރާގެ ފެށުމެއް
  • ޕެލޭގެ ތަރި އެ ދެވޯލްޑް ކަޕްގައިވެސް ފެނުނީ ވަރަށް އަލިގަދަކޮށް
  • އޭގެ ފަހުން ގޮސް އެ ޖީލު އޮއްސެންވެސް ދިޔައީ 1970 ވަނަ އަހަރު ވޯލްޑް ކަޕް ތަށްޓާއެކުގައި
  • އާ ޖީލެއްގެ ފެށުމާއެކު 24 އަހަރަށްފަހު، 1994 ވަނަ އަހަރުގެ ވޯލްޑް ބްރެޒިލް ނެގި
  • އެއީ ރޮމާރިއޯ، ބެބޭޓޯއާއި ޑުންގާގެ ޒަމާން
  • އެއަށްފަހު ރޮނާލްޑޯއާއި ރޮނާލްޑީނިއޯ، ކަފޫ އާއި ރިވާލްޑޯ ފަދަ ތަރިންނާއެކު އާ ޖީލެއް އުފެދި، 2002 ވަނަ އަހަރުވެސް ބްރެޒިލް ވޯލްޑް ކަޕް ނެގި
  • ބްރެޒިލަކީ މިފަހަރުގެ ފެވަރިޓެއް