ވޯލްޑް ކަޕްގެ "ގްރޫޕު އެޗް" ގައި އުރުގުއާއީއާ ދެކޮޅަށް ކުޅޭ މެޗަށް ދެކުނު ކޮރެއާގެ ކެޕްޓަން އަދި އެޓީމުގެ ތަރި ސޮން ހިއުން މިން ފިޓުވެއްޖެއެވެ.
ޓޮޓެންހަމް ހޮޓްސްޕާގެ ފޯވަޑް ސޮން ވަނީ މިމަހުގެ އެއްވަނަ ދުވަހު މާސޭއާ ދެކޮޅަށް ކުޅުނު ޔޫއެފާ ޗެމްޕިއަންސް ލީގު މެޗުގައި ލޮލަށް ލިބުނު އަނިޔާއަކާ ގުޅިގެން ސާޖަރީއެއް ހަދައިފައެވެ. އެ އަނިޔާއާ ގުޅިގެން އޭނާއަށް ވޯލްޑް ކަޕް ގެއްލިދާނެކަމުގެ ބިރުވެސް އޮތެވެ.
ދެކުނު ކޮރެއާގެ ޓްރެއިނިންތަކުގައި އުމުރުން 30 އަހަރުގެ ފޯވަޑް ސޮން، ލޮލަށް ރައްކާތެރިކަން ހޯދަން މޫނުގައި މާސްކެއް އަޅައިގެން ބައިވެރިވާ މަންޒަރު ވީޑިއޯތަކުން ފެނެއެވެ. ނަމަވެސް މާސްކާއެކު ކުޅޭ އިރު، އޭނާއަށް އުނދަގޫތަކަކާ ކުރިމަތިލާން ނުޖެހޭނެ ކަމަށް ދެކުނު ކޮރެއާގެ ކޯޗު ޕައުލޯ ބެންޓޯ ދެކެއެވެ.
"ސޮންއަށް ކުޅެވޭނެ. މާސްކާއެކު ކުޅެން ޖެހުމަކީ ސޮންއަށް އުނދަގުލެއް ނޫން. އެއީ އޭނާއަށް އާދައިގެ ކަމެއް. ދެން އެނގޭނީ މެޗުގައި ކުޅުމުން. އަހަރެން އުންމީދުކުރަނީ މާސްކާއެކު އެއްވެސް ކަހަލަ އުނދަގުލެއް އޭނާއަށް ކުރިމަތިނުވާނެ ކަމަށް. މާސްކާ ނުލައި އެއްވެސް ކަހަލަ ރައްކާތެރިކަމެއް ނެތި، ރިސްކެއް ނެގެން ނޯންނާނެކަން ސޮންއަށް ވެސް އެނގޭނެ،" ދެކުނު ކޮރެއާގެ ކޯޗު ބެންޓޯ ބުންޏެވެ.
ކޮރެއާގެ އެންމެ މުހިންމު ކުޅުންތެރިޔާ ސޮން ވަނީ އެޓީމަށް 104 މެޗުން 35 ގޯލު ކާމިޔާބުކޮށްދީފައެވެ. ވޯލްޑް ކަޕްގެ ގްރޫޕު ސްޓޭޖުގައި ދެކުނު ކޮރެއާ ވާދަކުރަން ޖެހޭނީ އުރުގުއާއީ އާއި ޕޯޗުގަލް އަދި ގާނާއާ އެވެ. ފުރަތަމަ މެޗުގައި އުރުގުއާއީއާ ދެކޮޅަށް ދެކުނު ކޮރެއާ ނުކުންނަން ޖެހޭނީ މިއަދު ހަވީރު 6:00 ގައެވެ.
ފަޔަށް ލިބުނު އަނިޔާއަށްފަހު މިއަދު ކުޅޭ މެޗަށް އުރުގުއާއީގެ ފޯވަޑް ޑާވިން ނުނޭޒް ވެސް ފިޓުވާނެ ކަމަށް ބެލެވެއެވެ. އޭނާ ފިޓުވެއްޖެ ނަމަ، ލުއިސް ސުއަރޭޒްއާއެކު އުރުގުއާއީގެ ފޯވަޑް ލައިނުން ފެނުން ގާތެވެ. ނުނޭޒް ފިޓުވި ނަމަވެސް، ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަށްފަހު ބާސެލޯނާގެ އުރުގުއާއީ ޑިފެންޑަރު ރޮނަލްޑް އަރައުހޯ މިއަދުގެ މެޗަށް މުޅިން ފިޓުވެދާނެ ކަމަކަށް ނުބެލެވެއެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022