ކުޅިވަރުގެ އެންމެ ބޮޑު އިވެންޓާއެކު މިހާރު ހުރިހާ ފޯކަހެއް ހުއްޓިފައި ހުރީ ގަތަރަށެވެ. ގަތަރު ވޯލްޑް ކަޕްގެ އިންތިޒާމަށެވެ. މުބާރާތުގެ ޓީމުތަކަށެވެ. ކުޅުންތެރީންނަށެވެ. އޭގެ ތެރެއިންވެސް ހާއްސަ ބަޔަކަށް ގިނަ ބައެއްގެ ވިސްނުން ހިންގަމުން އަންނަނީ ރެފްރީންނަށެވެ. މެޗު އޮފިޝަލުންނަށެވެ. އޮފްސައިޑް ސިސްޓަމަށާއި ވީއޭއާރަށެވެ.
ޒަމާނީ ތަރައްގީ ރެފްރީންގެ މައްޗަށްވެސް ފޯރަމުން ގޮސް، 2018 ވަނަ އަހަރު ރަޝިއާ ވޯލްޑް ކަޕްވީ ފުރަތަމަ ފަހަރަށް ވީޑިއޯ އެސިސްޓެންޓް ރެފްރީ ބޭނުންކުރި ވޯލްޑް ކަޕަށެވެ. ގޯލް ލައިން ޓެކްނޮލިޖީއާއެކު ވީއޭއާރްވެސް މިދިޔަ ވޯލްޑް ކަޕްގައި ބޭނުންކުރުމުގެ ބޭނުމަކީ ގޯސްތައް މަދުކޮށް ނަތީޖާ އިންސާފުކުރުމެވެ. މިފަހަރުގެ ވޯލްޑް ކަޕަށް ތައާރަފުވާނީ ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ސިސްޓަމެކެވެ. އެވެސް އިންގިލާބީ ބަދަލެކެވެ.
ޖުމުލަ 129 އޮފިޝަލުންގެ ޓީމެއް ފީފާއިން އިއުލާނު ކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 36 ރެފްރީންނާއި 69 އެސިސްޓަންޓް ރެފްރީންނާއި 24 ވީއޭއާރް އޮފިޝަލުންނެވެ. ރެފްރީންގެ އިތުރުން އެސިސްޓެންޓް ރެފްރީންގެ ލިސްޓްގައި މިފަހަރު ފީފާއިން ވަނީ އަންހެން ރެފްރީންނާއި އެސިސްޓެންޓް ރެފްރީން ހިމަނައިފައެވެ. މިންތީގެ ހަމަހަމަކަމަށް ލިބުނު ހެޔޮ ބަދަލެއް ކަމަށް ބެލެވިދާނެއެވެ.
ފީފާގެ ރެފްރީންނާ ހަވާލުވެ ހުރީ އިޓަލީގެ ކުރީގެ މަޝްހޫރު ރެފްރީ ޕިއެރްލުއިޖި ކޮލީނާއެވެ. އޭނާގެ ސްކައުޓިންގައި ހުރިހާ ބައްރަކުން ރެފްރީން ހޮވާފައިވާ އިރު، ރެފްރީންނަށް ހާއްސަ ތަމްރީނުތައް ވަނީ ދީފައެވެ. ކްލަބު ފުޓުބޯޅައިގެ ތެރެއިން އަންނަ ވޯލްޑް ކަޕަކަށްވުމުން ހާއްސަ ސެޝަންތައް ރެފްރީންނަށް މަދު ނަމަވެސް، ކޮލީނާގެ ނަޒަރުގައި ރެފްރީންގެ ފިޓްނެސްއަށް މިފަހަރު ވަގުތު ލިބިފައިވެއެވެ.
- އުމުރު: 38 އަހަރު
- ފްރާންސް ލީގު މެޗެއްގައި ރެފްރީކަން ކުރި ފުރަތަމަ އަންހެން ރެފްރީ
- ޗެމްޕިއަންސް ލީގު މެޗެއްގައި ރެފްރީކަން ކުރި ފުރަތަމަ އަންހެން ރެފްރީ
- ފިރިހެން ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗަކަށް ނުކުތް ފުރަތަމަ އަންހެން ރެފްރީ
- ޔޫރޯ 2020ގައިވެސް ރެފްރީކަން ކުރި
- އުމުރު: 34
- އެފްރިކަން ކަޕް އޮފް ނޭޝަންސް މެޗެއްގައި ރެފްރީކަން ކުރި ފުރަތަމަ އަންހެން ރެފްރީ
- އޮލިމްޕިކްސް، ފީފާ އަންހެން ވޯލްޑް ކަޕް، އެފްރިކާގެ އަންހެން ޗެމްޕިއަންސް ލީގުގައި ރެފްރީކަން ކުރި
- މުކަންސަންގާ ވެގެންދާނީ އެފްރިކާ ބައްރުން ފިރިހެން ފުޓުބޯޅައިގެ ބޮޑު އިވެންޓެއްގައި ރެފްރީކަން ކުރާ ފުރަތަމަ އަންހެން ރެފްރީއަށް
- އުމުރު: 36
- 2020 ވަނަ އަހަރު އޮލިމްޕިކްސްގެ ފިރިހެން ފުޓުބޯޅަ މެޗެއްގައި ރެފްރީކަން ކުރި
- ޖަޕާނުގެ ލީގުގައި ރެފްރީކަން ކުރި ފުރަތަމަ އަންހެން ރެފްރީ
- އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗެއްގައި ރެފްރީކަން ކުރި ފުރަތަމަ އަންހެން ރެފްރީ
- އޮފްސައިޑްގެ ނިންމުންތަކަށް ވީއޭއާރްގެ ބޭރުން އަވަސް ހައްލެއް ހޯދޭނެ ނިޒާމެއް
- ބޯޅައިގައި ހަރުކޮށްފައި ހުންނަ ސެންސަރުން ބޯޅައިގައި ކުޅުންތެރިޔާ ޖަހާ ވަގުތު ދެނެގަތުމަށް ސިކުންތަކު 500 ފަހަރަށް ޑޭޓާ ފޮނުވާނެ
- ވީއޭއާރް ކެމެރާތަކުގެ އިތުރުން ކޮންމެ ދަނޑެއްގެ ފުރާޅުގައި 12 ކެމެރާ ހަރުކޮށް، 100 ޕަސެންޓް ސިންކްރޮނައިޒްކޮށްފައިވޭ.
- ކޮންމެ ކުޅުންތެރިޔަކު ހުންނަތަން ވަކިވަކިން ބެލުމަށް 29 ޕޮއިންޓަކުން ޑޭޓާ އަބަދުވެސް ނަގަމުން ދާނެ
- ސިސްޓަމުގެ މެސެޖުތައް ފޮނުވަމުންދާނީ ވީއޭއާރްގެ ސިސްޓަމަށް.
- މެޗު ރެފްރީއާ ހަމައަށް ވަގުތުން ޑޭޓާ ދިޔުމުން ވީއޭއާރްގެ އެހީގައި ނިންމާ ނިންމުންތައް ބޮޑުތަނުން އަވަސް ވާނެ
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022