ފަލަވާތީ ކަންބޮޑުވާ ކުދިން ހަމަކުއްލިއަކަށް މަހެއް ހާ ދުވަސްތެރޭ ބަރުދަން ލުއިވާ މަންޒަރު ފެންނާތީ އަހާލުމުން ބުނެއެވެ. ހެނދުނު ހެނދުނާ ހުސްބަނޑާ ހުރެގެން ކޮފީތަށްޓަކަށް ލުނބޯހުތް އެއްކޮށްގެން ބުއިމަކީ ތިމަންނާ މިހާރު ބަރާބަރަށް ކުރާ ކަމެކެވެ. އަދި މިއީ ހަވީރުގެ ބުއިމަކަށްވެސް ބޭނުން ކުރެވޭ މީރު، ފައިދާ ހުރި ކޮފީއެކެވެ. މިހާރު ބަލަބަލައި ހުއްޓާ މިއޮއް ހިކެނީ ނޫންހެއްޔެވެ. ކެއުންވެސް ވަރަށްދަށް ވެެއްޖެއެވެ. އެއްވެސް ވަރަކަށް ކާހިތެއް ނުވެއެވެ. މިއަޑު އިވިފައި އޭނައަށް ތަބާވެ އެ ތިއަރީ ފޮލޯ ކުރި މީހުންވެސް މަދެއް ނޫނެވެ.
ކޮފީއާއި ލުނބޯ އެއްކޮށްގެން ބުއިމުން ހިކޭ ކަމަށް ގަބޫލު ކުރާ މީހުން މަދެއް ނޫނެވެ. އެކަމަކު އެ ބުއިމުން ވާގޮތް އެނގޭ މީހުންވެސް މަދެވެ.
ދާދިފަހުން ޑޮކްޓަރު މުހަައްމަދު އަލީ އާންމުކުރެއްވި ވީޑިޔޯއެއްގައި ވަރަށް ފުރިހަމައަށް "ކޮފީއާއި ލުނބޯ" އެއްކޮށްގެން ބުއިމާ ބެހޭ ގޮތުން އޮޅުންފިލުއްވައިދެއްވާފައި ވެއެވެ.
ޑރ. މުހައްމަދު އަލީ ވިދާޅުވި ގޮތުގައި ކޮފީ އަދި ލުނބޯއަކީވެސް ހަށިގަނޑުން ވަރަށް ބައިވަރު ޓޮކްސިކް ނެރެދޭ ދެބާވަތެކެވެ. އެހެންނަމަވެސް މިދެބާވަތް އެއްކޮށްގެން ހައިބަނޑާ ހުރެ ބޭނުން ކުރުން އެއްގޮތަކަށްވެސް ރަނގަޅެއް ނޫނެވެ. ހައިބަނޑާ ހުރެ މިގޮތަށް ކޮފީއަށް ލުނބޯ އެއްކޮގެން ބުއިމުން، ގޮހޮރުގެ އެތެރެފަށަލައަށް ބަދަލުތަކެއް އައިސް، ކާހިތްވާ ވަރު ކުޑަކޮށްދެއެވެ. އަދި ދެން ނުކެއުމުގެ ސަބަބުން ބަރުދަން ލުއިވެދާނެއެވެ. އެހެންނަމަވެސް މިއީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫނެވެ. މިގޮތަށް ނުކައި ހުރުމުގެ ސަބަބުން ގައިގެ ވަރުދެރަވުމާއި، ހަށިގަނޑަށް ބޭނުންވާ މިނެރަލްސް، ޕްރޮޓީންސް ނުލިބި ބަލިވެދާނެ ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.
މިގޮތަށް ކޮފީއާއި ލުނބޯ އެއްކޮށްގެން ބުއިމެއްގެ ގޮތުގައި ބަރުދަން ލުއިކުރުމަށްވުރެން، ކަސްރަތުކޮށްގެން އަދި ގަޑިންގަޑިއަށް ''މިންހަމަ" ކެއުމެއް ބޭނުން ކުރާނަމަ ފައިދާ ކުރަނިވި ގޮތެއްގައި ބަރުދަން ލުއިކުރެވިދާނެއެވެ.
ހިކުމާއި ހަށިގަނޑު ލޫޅާފަތި ކުރުން ނުވަތަ ފިޓުވުމަށް ކުރެވޭ މަސައްކަތަކީ ސިއްހީ ގޮތުން ރަނގަޅު ނޫން އާދަތަކެއްގެ ތެރެއިން ކުރެވޭ ކަމަކަށް ވެގެން ނުވާނެ އެވެ. އަދި އެއިން ސިއްހަތަށް ގެއްލުން ހުރި ނަމަ އެކަންކަމާ ދުރުވެ، ރަނގަޅު ގޮތް އިހުތިޔާރު ކުރާން ޖެހެއެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް