މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ އަލިފާނުގެ ހާދިސާ ހިނގި މ. ނިރުފެހި ގެ ތަޅާލައި އެތަން އެއްކޮށް ސާފުކޮށް، ބަންދުކުރި މަގު ހުޅުވާލައިފިއެވެ.
ނިރުފެހި ގެ ތަޅާލުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ކުރަން ފެށީ މި މަހުގެ 11 ވަނަ ދުވަހުއެވެ. ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ އެ ގެ ސާފުކޮށް މިއަދު ނިމިފައިވާ ކަމަށެވެ. ނިރުފެހި ގެ ސާފުކުރުމަށް އިސްކަންދަރު މަގުން ބައެއް ބަންދުކުރި އިރު، އެ ގެ ސާފުކޮށް ނިމުމުން ރޭގެ ވަގުތެއްގައި އެ މަގު ވަނީ ހުޅުވާލައިފައެވެ.
ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި 10 މީހަކު މަރުވިއެވެ. އަދި އެކަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު އޭނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.