ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

ހުޅުވުމުގެ ކުލަގަދަ ރަސްމިއްޔާތަކާއެކު ގަތަރު ވޯލްޑް ކަޕް ފެށިގެންދަނީ ހޯސްޓް ގަތަރުން އެކުއެޑޯއާ ދެކޮޅަށް ކުޅޭ މެޗުން. ގަތަރު ނުކުންނަނީ ފުރަތަމަ ވޯލްޑް ކަޕަށް. މިއީ ގަތަރަށް ތާރީހީ ވަގުތު ކޮޅެއް. ގަތަރަކީ އެންމެފަހުން 2019 ވަނަ އަހަރު ބޭއްވި އޭޝިއަން ކަޕްގެ ޗެމްޕިއަން ޓީމް.

އެކުއެޑޯ ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކުރީ 2002 ވަނަ އަހަރު. އޭގެ ފަހުން 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 އަށް ދިޔަ. އެއީ ވޯލްޑް ކަޕެއްގައި ހޯދި އެންމެ ބޮޑު ކާމިޔާބީ. ތިން ވޯލްޑް ކަޕެއްގައި މިހާތަނަށް ވާދަކުރި އެކުއެޑޯ 2014 ވަނަ އަހަރު ބްރެޒިލްގައި އޮތް ވޯލްޑް ކަޕުގައި ކުޅުނު.

  • ވޯލްޑް ކަޕް ހުޅުވާ މެޗު ކުޅެވޭ ސްޓޭޑިއަމް
  • ސްޓޭޑިއަމް ބިނާކުރެވިފައި ވަނީ ދޯހާއާ 35 ކިލޯމީޓަރު ދުރުގައި
  • 63،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެއް
  • ފަރުމާއިން ރަމްޒުކޮށްދެނީ ބަދަވީންގެ ފޭލިގެތައް
  • ކަހާލެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ފުރާޅުން އަވިން ސަލާމަތްކޮށްދޭ
  • ވޯލްޑް ކަޕަށްފަހު ސްޓޭޑިއަމްގެ ބޮޑު ބައެއް އެހެން ގައުމުތަކަށް ހަދިޔާކުރާނެ