ގަތަރުގެ ވޯލްޑް ކަޕަކީ މިހާތަނަށް ތާރިހުގައިވެސް އެންމެ އަގުބޮޑު ވޯލްޑް ކަޕެވެ. އަރަބި ގައުމުތަކަށް އަންނަ ފުރަތަމަ ވޯލްޑް ކަޕްވެސް މެއެވެ. އަދި އޭޝިއާގައި ބޭއްވޭ ދެވަނަ ވޯލްޑް ކަޕެވެ.
ގަތަރުން ވޯލްޑް ކަޕަށް މުޅިން އަލަށް އަށް ސްޓޭޑިއަމް އެޅުމުގެ އިތުރުން، އާ ސިޓީއެއްވެސް ބިނާކޮށްފައެވެ. އޭގެ އިތުރުން 100 އެތައް ހޮޓަލަކާއި، އާ އެއާޕޯޓެއްގެ އިތުރުން އެތައް މަގުތަކެއް، އަދި އާ މެޓްރޯ ރެއިލް ވިއުގައެއްވެސް ގަތަރުން ބިނާކުރިއެވެ. ގަތަރުގެ ސްޓޭޑިއަމްތަކުގައި އެގައުމުގެ ފިނިހޫނު މިނަށް ވިސްނައި، ފިނި ކުރުމުގެ މަސްނޫއީ ނިޒާމުތައް ގާއިމުކޮށްފައިވެއެވެ.
ހަރަދުގެ ގޮތުން އެ މަސައްކަތް ބޮޑު ނަމަވެސް، އެ ހުރިހާ މަސައްކަތެއް ގަތަރުން ފަރުމާކޮށްފައިވަނީ ފަހުންވެސް ބޭނުންކުރެވޭނެ ސަސްޓެއިނަބަލް މޮޑެލްތަކަށެވެ. ސްޓޭޑިއަމްތައް ކޮމިއުނިޓީ ޕާކްތަކަށް ބަދަލުކުރުމުގެ އިތުރުން، ވޯލްޑް ކަޕަށްފަހު ސްޓޭޑިއަމްތައް ރުވާލައި އެހެން ގައުމުތަކަށް ހަދިޔާކުރޭވެނެ ފެންވަރަށް ގަތަރުންވަނީ ތައްޔާރުވެފައެވެ. ގަތަރުގެ ސްޓޭޑިއަމްތަކުގެ މައިގަނޑު ކަރަންޓަކީ އިރުގެ ހަކަތައިގެ ކަރަންޓެވެ.
- ވޯލްޑް ކަޕް ހުޅުވާ މެޗު ކުޅެވޭ ސްޓޭޑިއަމް
- ސްޓޭޑިއަމް ބިނާކުރެވިފައި ވަނީ ދޯހާއާ 35 ކިލޯމީޓަރު ދުރުގައި
- 63،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެއް
- ފަރުމާއިން ރަމްޒުކޮށްދެނީ ބަދަވީންގެ ފޭލިގެތައް
- ކަހާލެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ފުރާޅުން އަވިން ސަލާމަތްކޮށްދޭ
- ވޯލްޑް ކަޕަށްފަހު ސްޓޭޑިއަމްގެ ބޮޑު ބައެއް އެހެން ގައުމުތަކަށް ހަދިޔާކުރާނެ
- ފަރުމާކޮށްފައި ވަނީ ބްރިޓިޝް-އިރާގީ އާކިޓެކްޓް ޒަހާ ހަދީދު
- ފަރުމާ ގުޅިފައި ވަނީ އަރަބީންގެ ރިޔާ ދޯނިތަކާ، އެއީ ގަތަރުގެ ސަގާފަތުގެ ބައެއް
- 40،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެއް
- ކަހާލެވޭނެ ފުރާޅާއި ފިނިކުރުމުގެ ނިޒާމާއެކު ހޫނުމިން 18 ޑިގްރޭ ސެލްސިއަސްއަށް ދަށްކޮށްލެވޭ
- 700 މިލިއަން ޑޮލަރުގެ މި ސްޓޭޑިއަމްގައި ކޮމިއުނިޓީ ޕްރޮޖެކްޓްތަކަށް ހާއްސަ އެތައްކަމެއް ހިމެނޭ
- ވޯލްޑް ކަޕަށްފަހު 20،000 ސީޓު އުނިކޮށް، އެހެން ގައުމަކަށް ހަދިޔާކުރާނެ
- ތާރީހީ ރައްޔާން ސްޓޭޑިއަމް ހުރިތަނުގައި، މައިގަނޑު ގޮތެއްގައި އެ މެޓީރިއަލް ބޭނުންކޮށްގެން ބިނާކުރި ސްޓޭޑިއަމެއް
- ފަރުމާ ކުރީ ޕެޓާން ޑިޒައިނުން، މިހާރު އެއީ ޒަމާނީ ޓެކްނޮލޮޖީގެ ސްޓޭޑިއަމެއް
- 40،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެއް
- އަލުން ހެދުމަށްވެސް 360 މިލިއަން ޑޮލަރު ހޭދަކުރި
- ވޯލްޑް ކަޕަށްފަހު 20،000 ޖާގައަށް މަދުކޮށް، ސްޓޭޑިއަމް ބޭނުންކުރާނީ އަލް ރައްޔާން ކްލަބުން
- އަރަބި ކަޕްގެ މެޗުތައް ސްޓޭޑިއަމްގައި ކުޅުނު
- ދޯހާގެ ބައިނަލްއަގުވާމީ އެއާޕޯޓާއި އެންމެ ގާތުގައި އޮންނަ ސްޓޭޑިއަމް
- 40،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެއް
- 342 މިލިއަން ޑޮލަރުގެ މި ސްޓޭޑިއަމް ބިނާކޮށްފައި ވަނީ 50،000 އަކަފުޓޫގެ ޕާކެއްގައި
- ވޯލްޑް ކަޕަށްފަހު 20،000 ޖާގައަށް މަދުކޮށް، ސްޓޭޑިއަމްގައި ބޮޓީކު ހޮޓާތަކާއެކު ކުޅިވަރަށް ހާއްސަ ކްލިނިކެއް، އަދި މިސްކިތެއްވެސް ބިނާކުރާނެ
- ސްޓޭޑިއަމްގެ ވަށައިގެންވަނީ އެކިއެކި ޔުނިވަސިޓީތަކުގެ ކެމްޕަސްތައް
- 45،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެއް
- ސްޓޭޑިއަމްގެ ފަރުމާއަކީ ޑައިމަންޑްގެ ފަރުމާއެއް، ފަރުމާކުރީ ފެންވިކް އިރިބާރެން އަދި ޕެޓަން ޑިޒައިން
- ދުނިޔޭގެ އެންމެ ތިމާވެއްޓާ ރައްޓެހި ސްޓޭޑިއަމްގެ ގޮތުގައި ބުނެވޭ
- 700 މިލިއަން ޑޮލަރުގެ ސްޓޭޑިއަމުން 25،000 ގޮނޑި ވޯލްޑް ކަޕަށްފަހު ނަގާނެ
- ސްޓޭޑިއަމްގައި މިދިޔަ އަހަރު ކްލަބު ވޯލްޑް ކަޕް މެޗުތައް ކުޅެފައިވޭ
- ގަތަރު ގައުމީ ޓީމްގެ ހޯމް ސްޓޭޑިއަމް
- ގަތަރަށް ވޯލްޑްކަޕް އެވޯޑް ކުރެވުނުއިރު ބޭނުން ކުރަމުންއައި ދުނިޔޭގެ ފެންވަރުގެ ހަމައެކަނި ސްޓޭޑިއަމް
- ސްޓޭޑިއަމްއަށް ނަން ދެވިފައި ވަނީ ގަތަރުގެ ކުރީގެ އަމީރު ހަލީފާ ބިން ހަމަދު އަލް ސާނީއާ ގުޅުވައިގެން
- 45،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެއް
- ސްޓޭޑިއަމް ފުރަތަމަ ހުޅުވީ 1976 ވަނަ އަހަރު
- 2006 ވަނަ އަހަރު އޭޝިއަން ގޭމްސްއަށް ސްޓޭޑިއަމް ބޮޑުކޮށް، ފަރުމާ ފުރިހަމަކުރި
- އާބާތުރަ ފިލުވުމަށް 376 މިލިއަން ޑޮލަރު ހޭދަކުރި
- ވޯލްޑް ކަޕްގައި ބޭނުންކުރާނެ އެންމެ ހައިބަތު ބޮޑު، ޖާގަ ތަނަވަސް ސްޓޭޑިއަމް
- ފައިނަލް މެޗުވެސް ކުޅޭނީ މި ސްޓޭޑިއަމްގައި
- 80،000 މީހުންގެ ޖާގައިގެ މި ސްޓޭޑިއަމް ހިމެނޭ ލުސައިލަކީ ދެލައްކަ މީހުން ދިރިއުޅުމަށް ފަރުމާކުރެވޭ މުޅިން އާ ސިޓީއެއް
- ފަރުމާއިން ރަމްޒުކޮށްދެނީ އަރަބީންގެ ތާރީހީ ލެންޓާންސްގެ އިތުރުން އަތުކުރެހުންތައް
- އިރުގެ ދަޅައަޅާނެ ހިތްގައިމު ބޭރުފުށުގެ ޑިޒައިނަކީ ސްޓޭޑިއަމަށް ކަރަންޓް ދޭ ސޯލާ ޕެނަލްތައް
- ސްޓޭޑިއަމް ބިނާކުރުމަށް 767 މިލިއަން ޑޮލަރު ހަރަދުކުރި
- ވޯލްޑް ކަޕަށްފަހު 40،000 ޖާގައަށް ސްޓޭޑިއަމް ކުޑަކޮށް، އިމާރާތުގެ ބޮޑުބައެއް ކޮމިއުނިޓީގެ ބޭނުމަށް ބަދަލުކުރާނެ
- 974 އަކީ ގަތަރުގެ ޑަޔަލިން ކޯޑު، އަދި ސްޓޭޑިއަމް ބިނާކޮށްފައި ވަނީ 974 ޝިޕިން ކޮންޓެއިނަރު ބޭނުންކޮށްގެން
- 40،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެއް
- ވޯލްޑް ކަޕަށްފަހު ސްޓޭޑިއަމް އެއްކޮށް ރޫޅާއިލާނެ، އެއީ މުސްތަގުބަލަށް ދައްކުވައިދޭ ނަމޫނާއެއް
- ފާހާނާތަކަށް ދާންދެން ކޮންޓެއިނާ ބޭނުންކުރި ނަމަވެސް ސްޓޭޑިއަމް ވަރަށް ހިތްގައިމު
- ވޯލްޑް ކަޕަށްފަހު ސްޓޭޑިއަމް ހުރިތަނުގައި ވޯޓާ ފްރޮންޓަކާއެކު ޕާކެއް ބިނާކުރާނެ
- މިއީ ވޯލްޑް ކަޕް ތާރީހުގައި ފުރަތަމަ ވަގުތީ ސްޓޭޑިއަމް
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022