އިނގިރޭސި ވިލާތުގެ އެންމެ މަގުބޫލު އެއް އެއާލައިން ކަމަށްވާ ވާޖިން އެޓްލާންޓިކް އިން ފުރަތަމަ ފަހަރަށް ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފިއެވެ.
ވާޖިން އެޓްލާންޓިކަކީ އިނގިރޭސި ވިލާތުގެ މަޝްހޫރު ވިޔަފާރިވެރިޔާ ރިޗާޑް ބްރޭންސަންގެ ވާޖިން ގްރޫޕާއި އެމެރިކާގެ ޑެލްޓާ އެއާލައިން އިން ހިންގާ އެއާލައިނެކެވެ.
ވާޖިން އެޓްލާންޓިކުން ވަނީ ލަންޑަނުގެ ހީތުރޯ އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ސީދާ ދަތުރުތައް އަންނަ އަހަރު ރާއްޖެއަށް ފަށަން ނިންމާފައިވާކަން އިއްޔެ އިއުލާނުކޮށްފައެވެ.
ވާޖިން އެޓްލާންޓިކް އިން ބުނިގޮތުން މި ދަތުރުތަށް ފަށާނީ އަންނަ އަހަރުގެ އޮކްޓޯބަރު 23 އިން ފެށިގެންނެވެ.
އެގޮތުން އަންނަ އަހަރު އެ އެއާލައިނުން ރާއްޖެއަށް ހަފުތާއަކު ތިން ފްލައިޓް ބާއްވާނެ ކަމަށާއި އެ ދަތުރުތަކުގައި ބޭނުންކުރާނީ ބޮއެންގް 9-787 މަރުކާގެ ބޯޓެއް ކަމަށްވެސް ބުންޏެވެ. މި ދަތުރުތަކަށް މި މަހުގެ 30 އިން ފެށިގެން ޓިކެޓް ވިއްކަން ފަށަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް ޓިކެޓްގެ އަގުތައް އަދި ހާމަކޮށްފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު