މިއަހަރުގެ ވޯލްޑް ކަޕާ ދިމާކޮށް ހިލޭ ޑޭޓާ ލިބޭ ޕްރޮމޯޝަންތަކަކާ އެކު ދިރާގުގެ "ފުޓުބޯޅަ އީދު" އިފުތިތާހުކޮށްފިއެވެ.
ދިރާގުގެ ހެޑް އޮފީހުގައި މިއަދު "ފުޓުބޯޅަ އީދު" އިފްތިތާހުކުރައްވައި ވާހަކަދައްކަމުން އެކުންފުނީގެ އެސިސްޓެންޓް މެނޭޖަރު އެޑްވަޓައިޒިން ހަސަން ޝާރިހު އާދަމް ވިދާޅުވީ ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުން އެންމެ ޝައުގުވެރިވާ ކަންތައްތައް އިތުރަށް ފުރިހަމަ ކޮށްދެވޭނެ ގޮތްތައް ހޯދައި ދިނުމަށް ކަމަށެވެ.
މިއަދު އިފްތިތާހު ކުރި ދިރާގު "ފުޓުބޯޅަ އީދު" ގެ ޕްރޮމޯޝަންތައްވެސް ތައްޔާރުކޮށްފައި ވަނީ ވެސް ކަސްޓަމަރުންނަށް ވޯލްޑް ކަޕްގެ ފޯރި އެންމެ ބޮޑަށް ނެގޭނެ ގޮތްތަކަށް ވިސްނައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ދިރާގު "ފުޓުބޯޅަ އީދު"ގެ ދަށުން މޯބައިލް ކަސްޓަމަރުންނާއި ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ތަފާތު ޕްރޮމޯޝަންތަކުގެ އިތުރުން ސޯޝަލް މީޑިއާ ކުއިޒް އެއްވެސް ވަނީ ތައާރަފުކޮށްފައެވެ.
މިއީ ފުޓުބޯޅަ އީދުގެ ތެރެއިން މިއަދު ތައާރަފުކުރި އެއް އޮފާއެވެ. މި އޮފާގައި ބައިވެރިވާން ބޭނުންވާ ދިރާގު ކަސްޓަމަރުން ޖެހޭނީ ދިރާގު ވެބްސައިޓުން އެކަމަށް ހާއްސަކޮށްޕައިވާ ޕޭޖުގައި ރަޖިސްޓްރީ ކުރުމަށްފަހު މިފަހަރު ވޯލްޑް ކަޕްގައި އެކަސްޓަމަރަކު ސަޕޯޓުކުރާ ޓީމެއް ހިޔާރުކޮށްލާށެވެ. މި އޮފާގެ ދަށުން ވޯލްޑް ކަޕް މެޗެއްގައި ކަސްޓަމަރު ސަޕޯޓުކުރާ ޓީމުން ޖަހާ ކޮންމެ ގޯލަކަށް އެ ކަސްޓަމަރަށް ހިލޭ އެއް ޖީބީ ޑޭޓާ ލިބޭނެއެވެ.
ކޮންމެ މެޗަކުންވެސް އެންމެ ގިނައިން ލިބޭނީ ފަސް ޖީބީ ޑޭޓާއެވެ. ގޯލު ޖެހުމާއެކު ކަސްޓަމަރަށް މި ޑޭޓާ ލިބޭއިރު، ދިރާގު އެޕްލިކޭޝަނުން ޑޭޓާ ރެޑީމް ކުރަން ޖެހޭނެއެވެ. ޑޭޓާ ރެޑީމް ކުރުމަށް އެއް ދުވަސް ލިބޭއިރު، ލިބޭ ޑޭޓާ ބޭނުން ކުރަން ދެ ދުވަހުގެ މުއްދަތު ލިބޭނެއެވެ.
މިއީ ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަ އޮފާއެކެވެ. މި އޮފާގެ ދަށުން 350 ރުފިޔާއަށް 25ޖީބީގެ ޑޭޓާ ޕެކޭޖެއް ނެގުމުން 100 ޕަސެންޓާ ހަމަޔަށް އިތުރު ޑޭޓާ، ކޮންމެ ޕްރިޕެއިޑް ކަސްޓަމަރަކަށްވެސް ލިބޭނެއެވެ. އިތުރު ޑޭޓާ ލިބޭނީ ރެންޑަމްކޮށް އެ ކަސްޓަމަރަކަށް ދިމާވާ ޕަސެންޓޭޖަކަށް ވާ އަދަދަށެވެ. މި އޮފާގެ ދަށުން ލިބޭ ޑޭޓާ ބޭނުން ކުރަން 30 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.
މިއީ ދިރާގު ޕޯސްޓް ޕެއިޑް އަދި ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހާއްސަ އޮފާއެކެވެ. މި އޮފާގެ ދަށުން ވޯލްޑް ކަޕްގެ މުއްދަތުގައި ކަސްޓަމަރުން އެކްޓިވޭޓް ކުރާ ކޮންމެ ބޫސްޓާ ޕެކޭޖަކަށް 100 ޕަސެންޓު އިތުރަށް ޑޭޓާ ލިބޭނެއެވެ.
މިއީ ސޯޝަލް މީޑިއާގައި ދިރާގުން ކުރިއަށްގެންދާ ހާއްސަ ލަކީޑްރޯ އެކެވެ. މި ކުއިޒްގެ ދަށުން ވޯލްޑް ކަޕްގެ މުއްދަތުގައި ކޮންމެ ފަސް ދުވަހަކުން ދިރާގުގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ވޯލްޑް ކަޕް ކުޅުންތެރިއެއްގެ އާޓްވޯކެއް ނެރޭނެއެވެ. ކަސްޓަމަރުން ޖެހޭނީ ކޮމެންޓް ކޮށްގެން އެ ކުޅުންތެރިޔާގެ ނަން ދިމާކުރާށެވެ.
މި ކްއިޒްގެ އިނާމުގެ ގޮތުގައި ކޮންމެ ފަސް ދުވަހަކުން ހޮވޭ ނަސީބުވެރިއަކަށް 3،000 ރުފިޔާގެ ވައުޗަރެއް ލިބޭނެއެވެ. ފަސް ހަފުތާއަށް ކުރިއަށްގެންދާ މި ކުއިޒްގެ ބޮޑު އިނާމެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ފީއެސް ފައިވް އަކާއި ފީފާ 2023 ގޭމް ސީޑީ އެކެވެ. ބޮޑު އިނާމުގެ ނަސީބުވެރިޔާ ހޮވާނީ ކުއިޒްގައި ބައިވެރިވާ ހުރިހާ ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތަކުންނެވެ.
ދިރާގު ފުޓްބޯޅަ އީދު ކުރިއަށްދާނީ ވޯލްޑްކަޕް ކުރިއަށްދާ މުއްދަތުގައެވެ.