ދިރާގު ޓީވީއިން ވޯލްޑް ކަޕްގެ މެޗުތައް ދެއްކުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ދިރާގުން ބުނެފިއެވެ.
ދިރާގު ހެޑްއޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ އެސިސްޓެންޓް މެނޭޖަރު އެޑްވަޓައިޒިން، ހަސަން ޝާރިހު އާދަމް ވިދާޅުވީ ދިރާގު ޓީވީން ކަސްޓަމަރުންނަށް ވޯލްޑް ކަޕް ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރަންޖެހޭ ހުރިހާ މަަސައްކަތެއް އެކުންފުނިން ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ޕީއެސްއެމާ ގުޅިގެން ދިރާގު ޓީވީން މެޗުތައް ދެއްކުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި މި އަހަރުގެ ވޯލްޑް ކަޕްގެ ހުރިހާ މެޗެއްވެސް ދިރާގު ޓީވީން ދެއްކޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑުކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އުއްމީދަކީ އިރާދަކުރެއްވިއްޔާ ދިރާގު ޓީވީގެ ހުރިހާ ކަސްޓަމަރުންނަށް މި ފުޓުބޯޅަ އީދުގެ ހުރިހާ މެޗުތަކެއް ދިރާގު ޓީވީން ފެނިގެންދާނެ ކަމަށް" ޝާރިހު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު