ޖީއެސްޓީ ހަ ޕަަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރަން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރި ޓެކްސް ބިލްގެ ވިޕް ލައިނާ ހިލާފަށް ވޯޓު ދެއްވި މެމްބަރުންނަށް ފިޔަވަޅު އަޅަން ނިންމައިފިއެވެ.

އެ ބިލު ފާސް ކުރުމަށް އެމްޑީޕީން ވަނީ ތްރީލައިން ވިޕެއް ނެރެފައެވެ.

މި ބިލު ފާސްކުރީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެވަގުތު ތިއްބެވި 82 މެންބަރުންގެ ތެރެއިން 55 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް 26 މެންބަރުން ވޯޓު ދެއްވިއެވެ. ބިލު ފާސްކުރަން ބޭނުންވަނީ 41 ވޯޓެވެ.

ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވި 26 މެންބަރުންގެ ތެރޭގައި އެމްޑީޕީގެ 14 މެންބަރުން ހިމެނިވަޑައިގަންނަވައެވެ.

  • ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ
  • މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
  • ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުއިއްޒު
  • ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު
  • މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު
  • މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
  • މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު
  • ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު
  • އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު
  • ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން
  • ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު
  • ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު
  • މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން
  • ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ވިޕްލައިނާ ހިލާފްވި މެމްބަރުންނަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.