ދިވެހިރާއްޖޭގެ ހައިކޯޓުގެ ތާރީހުގައި ފުރަތަމަ ފަހަރަށް، ތިން އަންހެން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުން ޝަރީއަތް ހިންގައިފިއެވެ.

މި ޝަރީއަތް ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ، ފަނޑިޔާރު އަލްއުސްތާޒާ ހުޒައިފާ މުހައްމަދު އަދި ފަނޑިޔާރު އަލްއުސްތާޒާ ދީބާނާޒް ފަހުމީއެވެ. އެ ބެންޗުން ހިންގި ޝަރީއަތަކީ، އަމިއްލަ މީހަކާއި މޮރިޝަސް ބޭންކާ ދެމެދު ކުރިއަށްދާ މައްސަލައަކާ ގުޅޭ ޝަރީއަތެކެވެ.

ހައިކޯޓުގައި ޖުމުލަ 11 ފަނޑިޔާރުން ތިއްބަވައެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީވެސް ތިން އަންހެން ފަނޑިޔާރުންނެވެ. އެއީ މިއަދުގެ ރިޔާސަތުގައި ތިއްބެވި ފަނޑިޔާރު ފާތިމަތު ފަރްހީޒާ, ފަނޑިޔާރު ހުޒައިފާ މުހައްމަދު އަދި ފަނޑިޔާރު ދީބާނާޒް ފަހުމީ އެވެ.