ހިޔާ ފުލެޓުތަކަށް ކަރަންޓު ދޭ މައި ކޭބަލަށް ދިމާވި މައްސަލަ ހައްލުކުރަން ގިނަ ވަގުތު ނަގާނެތީ، ވަގުތީ ކޭބަލެއް އަޅައި ފްލެޓްތަކަށް ސްޓެލްކޯ އިން ކަރަންޓުގެ ހިދުމަތް ދީފިއެވެ.

ސްޓެލްކޯގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ ހިޔާގެ ފުލެޓުތަކަށް ކަރަންޓު ދޭ މައި ކޭބަލް ބުރިވެފައިވާ ކަމަށެވެ. އެ ކޭބަލް ހަލާކުވީ ހުޅުމާލެ 2 ގައި އިމާރާތްކުރުމުގެ މަސައްކަތްކުރާ ބަޔަކު ކޮންނަނިކޮށް ކަމަށެވެ.

ހިޔާގެ ފްލެޓްތަކުގައި ކަރަންޓާއި ފެން ނެތި ގާތްގަނޑަކަށް ހަތަރު ވަރަކަށް ގަޑިއިރު ހޭދަވިއެވެ. އެކަމާ ގުޅިގެން ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުން ސޯޝަލް މީޑިއާގައި އެކަމުގެ ކަންބޮޑުވުން ފާޅުކުރިއެވެ.