މޯލްޑްވިސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ބޯޑު މެންބަރެއް ކަމަށްވާ އުޒްތާޒް މުހައްމަދު ފަރީދު އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ. ފަރީދަކީ އެމްޓީސީސީއަށް ސަރުކާރުން އައްޔަން ކުރައްވައިފައިވާ ޑައިރެކްޓަރެކެވެ.
ފަރީދު އެމްޑީޕީއަށް ސޮއިކުރެއްވީ މުލިއާގޭގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ހަފުލާއެއްގައެވެ.
އެމްޑީޕީއަށް ސޮއިކުރެއްވި ފަރީދުއަކީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހު ސަރުކާރުގެ ފަރާތުން އެމްޓީސީސީގެ ބޯޑު މެންބަރަކަށް އައްޔަންކުރެއްވި ބޭފުޅެކެވެ. 2014 ވަނަ އަހަރުން ފެށިގެން ފަރީދު ގެންދަވަނީ ޕްރައިން ސްޓެރެޖެޓީ ލޯ ފާމްގެ މެނޭޖިން ޕާޓްނާގެ މަގާމު ވެސް އަދާކުރައްވަމުންނެވެ. އަދި ގޯ ޓްރެވަލްއެކްސްގެ މެނޭޖިން ޕާޓްނާގެ މަގާމު ވެސް އޭނާ ވަނީ އަދާކުރައްވައިފައެވެ. ފަރީދު ވަނީ އަލްއަޒްހަރު ޔުނިވަސިޓީން އިސްލާމިކް ޝަރީއާ އާއި ބެޗްލާ އޮފް އާޓްސް އިން ޑިގްރީ ހާސިލުކުރައްވައިފައެވެ.
ފަރީދު ވަނީ 2010 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމަޔަށް މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުންކަން ވެސް ކުރައްވައިފައެވެ. 2008 ވަނަ އަހަރު އިލެކްޝަން ކޮމިޝަންގެ ކޯޑިނޭޓާ އޮފް ކޮމްޕެލެއިންޓް ހޭންޑްލިން އޮފިސަރުގެ މަގާމުވެސް އަދާކުރައްވައިފައެވެ.
ފަރީދު ވަނީ 2008 ވަނަ އަހަރު "ޖަޒީރާ ޑެއިލީ"ގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައެވެ. އަދި 2002 އިން ފެށިގެން 2007 ވަނަ އަހަރާ ހަމަޔަށް "އައްޑުވަސް" ނޫހުގެ އެސޯސިއޭޓް އެޑިޓަރު އަދި ރިޕޯޓަރެއްގެ މަގާމު އަދާކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު