މ. ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން ކާކުކަން ނޭނގުނު މީހާ ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެއީ އިންޑިއާ ފިރިހެނެއް ކަމަށެވެ.
ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ދިހަ މީހަކު މަރުވިއެވެ. އެއީ އިންޑިއާގެ ފަސް ފިރިހެނުންނާއި ތިން އަންހެނުންނާއި ބަންގްލަދޭޝްގެ އަންހެނަކާ ފިރިހެނެކެވެ.
ފުލުހުން ބުނީ، އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ މައުލޫމާތު ފޮރިން މިނިސްޓްރީއަށާއި އެމްބަސީތަކަށް އަންގާފައިވާ ކަމަށެވެ. އަދި މަރުވި މީހުންގެ ހަށިތައް އެމީހުންގެ ގައުމަށް ފޮނުވުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ބުންޏެެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު