ޚަބަރު

އަލިފާނުގެ ހާދިސާގައި މަރުވި އެކަކު އަދިވެސް ދެނެނުގަނެވޭ: ޕޮލިސް

މުހައްމަދު ޖަމްޝަތް ވަހީދު

މ. ނިރުފެހި ގޭގެ ތިރީގައި ހުރި ގަރާޖުގައި ރޯވި ހާދިސާގައި މަރުވި މީހުންގެ ތެރެއިން އެކަކު އަދިވެސް ދެނެގަނެވިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އިއްޔެ ރޭ 12:27 ހާއިރު ހިނގި އެ ހާދިސާގައި މަރުވި 10 މީހުންގެ ތެރެއިން މިހާތަނަށް ނުވަ މީހަކު ދެނެގަނެވިފައިވާ ކަމަށެވެ.

އެއީ އިންޑިއާ ހަތަރު ފިރިހެނަކާއި ތިން އަންހެނުންނާއި ބަންގުލަދޭޝް އަންހެނަކާއި ފިރިހެނެއް ކަމަށާއި ދެނެގަނެވިފައި ނުވަނީ ފިރިހެނެއް ކަމަށްވެސް ބުންޏެވެ.

މި ހާދިސާގައި މަރުވި އެންމެންނަކީވެސް ރޯވި ގަރާޖުގެ މަތީގައި ހަދާފައި ހުރި ބިދޭސީ އެކޮމަޑޭޝަންގައި އުޅެމުންދިޔަ މީހުންނެވެ.