މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ފަސްކޮށްފިއެވެ.

ހޯމް މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ ރޭ ދަންވަރު މާލޭގައި ހިނގި އަލިފާނުގެ ހިތާމަވެރި ހާދިސާއާ ގުޅިގެން، މިރޭ ބާއްވަވާ ގޮތަށް އޮތް ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ މާދަމާރެއަށް ފަސްކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ.

މީގެ ކުރިން އެ ޖަލްސާ ބާއްވަން ނިންމާފައިވަނީ މިރެއެވެ.

ޖުމްހޫރީ ދުވަހުގެ ޖަލްސާ އޮންނާނީ މާދަމާރޭގެ 8:30ގަ އެވެ.

މާލޭގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި 10 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.