ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަމްޖަދު އަބްދުލްޣަނީގެ ސުލޫކީ މައްސަލަ، ސާބިތު ނުވާކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.
ޖޭއެސްއީން ދެންމެ ބުނީ، ޖޭއެސްސީގެ ގާނޫނުގެ 22-1 ވަނަ މާއްދާގެ (ބ)ގެ ދަށުން ކޮމިޝަނަށް ހުށަހެޅި ޝަކުވާއާ ގުޅިގެން 2020 ފެބްރުއަރީ ދެ ވަނަ ދުވަހު ސުލޫކީ މައްސަލަ ތަހުގީގު ކުރުމަށް އިސްމެޖިސްޓްރޭޓް އަމްޖަދު ޢަބްދުލްޣަނީއަށް ނޯޓިސްދިން ކަމަށެވެ.
ނަމަވެސް އޭނާގެ ސުލޫކީ މައްސަލަ، ތަހުގީގުކޮށް އޭނާގެ މައްޗަށް އެމައްސަލަ ސާބިތު ނުވާކަމަށް މިމަހުގެ އެއްވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ 77 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު