އެކި އެކި ކަންކަމާގުޅިގެން ބާއްވާ ޖަލްސާތައް ދުވާލު ބޭއްވުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ވިދާޅުވެއްޖެއެވެ.
މެޑަމް ފަޒުނާ މިހެން ވިދާޅުވީ މިދިޔަ ހޯމަ ދުވަހުގެރޭ ހެލްތު މިނިސްޓްރީން އާންމުކުރި ސިއްހަތާ ބެހޭ ސާވޭ ރިޕޯޓުގައި ފުރާނައަށް ނުރައްކާވާފަދަ ބަލިތައް ދިވެހިންގެ ތެރޭގައި ގިނަކަން ފާހަގަވެފައިވާތީއެވެ.
މެޑަމް ފަޒުނާ ވިދާޅުވީ ޖަލްސާތައް ރޭގަނޑު ބޭއްވުމުގެ ބަދަލުގައި ދުވާލުގެ ވަގުތުތަކުގައި ޖަލްސާތައް ބޭއްވުން މުހިންމު ކަމަށެވެ. އެގޮތުން ދަންވަރު 12:00 ޖަހާފަހުން ޖަލްސާތައް ނިމި ހެދިކާފަދަ އެއްޗިހި ކައިގެން ގޮސް ނިދުމަކީ ސިއްހީ ނަޒަރަކުން ބެލި ކަމުގައިވީނަމަވެސް ރަނގަޅު އާދައެއް ނޫން ކަމަށެވެ.
ސިއްހަތާ ބެހޭ ސާވޭ ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން ކޮލެސްޓްރޯލާއި، ހަކުރު ބައްޔާއި، ލޭ މައްޗަށް ދިޔުން ފަދަ ބޮޑެތި ބަލިތައް ނިސްބަތުން ދިވެހިންގެ ތެރޭގައި ގިނަ ކަމަށެވެ. އަދި ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ ގާތްގަނޑަކަށް 84 ޕަސެންޓް ހިއްސާކުރާ ބަލިތަކަކީ ސިއްހަތަށް ނުރަނގަޅު އާދަތަކާ ގުޅިފައިވާ ބަލިތަކެއްކަންވެސް އެ ރިޕޯޓުން ވަނީ ހާމަވެފައެވެ. އޭގެ ތެރޭގައި ކެންސަރު ބައްޔާއި ހިތުގެ ބަލި، ސްޓްރޯކް، ފުއްޕާމޭގެ ދާއިމީ ބަލިތައް، ހަކުރުބަލި، ކިޑްނީ ބަލި، ނަފުސާނީ ބަލިތައް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު