ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި ރަޔޯ ވަލެކާނީ އަތުން ބަލިވެއްޖެއެވެ.

ވަލެކާނޯ ކައިރިން ރަށުން ބޭރުގައި ރެއާލް ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ. އެމެޗަކީ މި ސީޒަނުގެ ލީގުގައި ރެއާލް ބަލިވި ފުރަތަމަ މެޗެވެ. ރޭގެ މެޗުން ބަލިވެ، ރެއާލްއަށް ވަނީ ލަލީގާގެ އެއްވަނަ މަގާމު ގެއްލިފައެވެ. އެޓީމަށް މިހާތަނަށް ކުޅުނު 13 މެޗުން ލިބިފައި ވަނީ 32 ޕޮއިންޓެވެ. މިވަގުތު ބާސެލޯނާ އެއްވަނައިގައި އޮތީ 13 މެޗުން 34 ޕޮއިންޓް ހޯދައިގެންނެވެ.

މެޗުގެ ކުރީކޮޅުގައި ވަޔެކާނޯގެ ސަންތީ ކޮމެސާނާ ޖެހި ގޯލުން އެޓީމު ލީޑު ނެގި ނަމަވެސް 37 ވަނަ މިނެޓުގައި ލޫކާ މޮޑްރިޗް ޖެހި ޕެނަލްޓީން ރެއާލް ނަތީޖާ ހަމަހަމަ ކުރިއެވެ. އޭގެ އިރުކޮޅެއްފަހުން އެޑާ މިލިޓާއޯ ޖެހި ގޯލުން ރެއާލް ލީޑު ނެގި ނަމަވެސް، ހާފު ނިމުމުގެ ކުރިން ވަޔެކާނޯ ވަނީ އަނެއްކާވެސް ނަތީޖާ ހަމަހަމަ ކޮށްފައެވެ.

އެ ގޯލު ޖަހައިދިނީ އަލްވާރޯ ގާސިއާ ރިވެރީއެވެ.

ދެވަނަ ހާފަށް ނުކުމެ ވަޔެކާނޯ މޮޅުވީ އޮސްކާ ޓްރޭޖޯ ޖެހި ޕެނަލްޓީންނެވެ. ރޭގެ މޮޅަކީ ވަޔެކާނޯ ތާރީހުގައި ރެއާލް ކައިރިން ހޯދި ފުރަތަމަ މޮޅެވެ. މީގެ ކުރިން ވަޔެކާނޯން ރެއާލް ކައިރިން މޮޅުވެވުނީ 2019 ވަނަ އަހަރުއެވެ.