އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުގައި ފުލްހަމް ކައިރިން މުހިއްމު މޮޅެއް ހޯދައިފިއެވެ.
ސިޓީން ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ފުލްހަމް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުން މޮޅުވަން ސިޓީއަށް ދިމާވި އެންމެ ބޮޑު ޗެލެންޖަކީ ފުރަތަމަ ހާފުގައި އެޓީމުގެ ޕޯޗުގަލް ޑިފެންޑަރު ޖާއޯ ކަންސެލޯއަށް ފުރަތަމަ ހާފުގައި ދެއްކި ރަތް ކާޑުންނެވެ. މެޗުގެ 26 ވަނަ މިނެޓުގައި ކަންސެލޯއަށް ދެއްކި ރަތް ކާޑަކީ ޕެނަލްޓީ އޭރިއާ ތެރެއިން ނިއުކާސަލްގެ ފޯވަޑް ކަލުމް ވިލްސަންއަށް ކުރި ފައުލަކަށް ދެއްކި ރަތް ކާޑެކެވެ.
ސިޓީން ރޭގެ މެޗަށް ނުކުތީ އިތުބާރު ފޯވަޑް، ނޯވޭގެ އާލިން ހާލަންޑާއި ފިލް ފޮޑެންވެސް ބެންޗުގައި ބައިތިއްބައިގެންނެވެ. ސިޓީން އެންމެފަހުން ކުޅުނު ދެމެޗަށްވެސް ހާލަންޑަށް ރެސްޓް ދީފައިވާ އިރު، ރޭ ސްކޮޑުގައި ހިމެނުނީ އަނިޔާއިން ރަނގަޅުވުމުންނެވެ.
މެޗުގެ 16 ވަނަ މިނެޓުގައި ސިޓީގެ އާޖެންޓީނާ ފޯވަޑް ޖޫލިއަން އަލްވަރޭޒް އެޓީމަށް ލީޑު ނަގައިދިނެވެ. އަލްވަރޭޒްގެ ގޯލަކީ އިލްކޭ ގުންޑޮގަން އޭރިއާ ކުރިމަތިން ހުރަސްކޮށްލި ބޯޅައަކުން އޭނާ ހަމަޖެހިލައިފައި ގޯލުތެރެއަށް ބޯޅަ ފޮނުވަލައިގެން ޖެހި ގޯލެކެވެ. ސިޓީން މެޗު ފަސޭހަކަމާއެކު ކާމިޔާބުކުރާނެ ކަމަށް ބެލެވުނު ނަމަވެސް 26 ވަނަ މިނެޓުގައި ދެއްކި ރަތް ކާޑާއެކު އޮއިވަރު ބަދަލުވިއެވެ.
ރަތް ކާޑު ދެއްކި ފައުލާއެކު ފުލްހަމްއަށް ޕެނަލްޓީ ލިބިފައިވާ އިރު، ފުލްހަމްގެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ އަންދްރޭއާސް ޕެރޭރާއެވެ. މެޗުގެ ނަތީޖާ ހަމަހަމަވެފައި އޮވެގެން ފުރަތަމަ ހާފު ނިމުނު އިރު، ދެވަނަ ހާފަށް ނުކުމެ މާ ގިނަ ހަމަލާތަކެއް އުފެއްދިތަނެއް ދެޓީމުންކުރެ، އެއްވެސް ޓީމެއްގެ ފަރާތުން ފެނިފައެއް ނުވެއެވެ.
މެޗުން ސިޓީއަށް މުހިއްމުވި ތިން ޕޮއިންޓް އެޓީމަށް ލިބުނީ ފަހު މިނެޓުގައި ލިބުނު ޕެނަލްޓީގައެވެ. ޑިބްރޭނާއަށް ފުލްހަމްގެ ޑިފެންޑަރު ކުރި ފައުލަށް ރެފްރީ ދިން ޕެނަލްޓީ ގޯލަށް ވައްދާލައި، ސިޓީ މޮޅުކޮށްދިނީ ބެންޗުން ނުކުތް ހާލަންޑެވެ. އެ ގޯލަކީ މި ސީޒަނުގައި މިހާތަނަށް ހާލަންޑް ޖެހި 18 ވަނަ ގޯލެވެ.
ރޭގެ މެޗުން މޮޅުވެ، ސިޓީ ލީގު ތާވަލުގެ އެއްވަނައިގައި އޮތީ 13 މެޗުން 32 ޕޮއިންޓާއެކުގައެވެ. 12 މެޗުން 32 ޕޮއިންޓާއެކު އާސެނަލް މިވަގުތު ލީގުގެ ދެވަނައިގައި އޮތް އިރު، މާދަމާ ރޭ ޗެލްސީ ބަލިކޮށް، އެޓީމަށް އަލުން އެއްވަނައަށް އެރެވޭނެ ފުރުސަތު އެބައޮތެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު