ރިސޯޓެއްގައި ބަގީއަކާއެކު މޫދަށް ވެއްޓުނު އަންހެން މީހާ ފަރުވާދެމުން ދަނިކޮށް ރޭ މަރުވެއްޖެއެވެ.
ފުލުހުން ބުނާ ގޮތުން، ބ. އަތޮޅު ރިސޯޓެއްގައި މަސައްކަތްކުރާ އެ އަންހެން މީހާ އެ ރިސޯޓުގެ ޖެޓީ މަތިން ބަގީ ދުއްވަނިކޮށް، ބާގީއާއެކު މޫދަށް ވެއްޓުނީ މިދިޔަ ހުކުރު ދުވަހުގެ ރޭ 11:10 ހާއިރެވެ. ހާދިސާގައި ލިބުނު އަނިޔާތަކަށް ފަރުވާދޭން އޭނާ ގެނައީ މާލޭ އޭޑީކޭ ހޮސްޕިޓަލަށެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް މިއަދު "ވަން" އަށް ވިދާޅުވީ ރިސޯޓަކުން އެކްސިޑެންޓް ވެގެން ގެނައި އަންހެނަކަށް އެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ރޭ 11:00 ގައި މަރުވެފައިވާ ކަމަށެވެ. ނަމަވެސް އެ އަންހެން މީހާއަށް ލިބިފައިވާ އަނިޔާގެ ތަފުސީލެއް ނުދެއްވައެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި މި ހާދިސާ މަރުވެފައިވަނީ ބ. އަތޮޅުގެ އަނަންތަރާ ކިހަވައް ރިސޯޓުގައި މަސައްކަތްކުރާ މޮރޮކޯގެ އުމުރުން 26 އަހަރުގެ އަންހެނެކެވެ.