ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މިދިޔަ ހަފުތާގެ އަންގާރަ ދުވަހު މަރުވި ގދ. ހޯނޑެއްދޫ/ ސާވެން، އަބްދުﷲ ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން މިއަދު ރާއްޖެއިން ބޭރަށް ގެންގޮސްފިއެވެ.
ރަޝީދުގެ ހަށިގަނދު ޕޯސްޓްމޯޓް ހެދުމަށް މިއަދު ފަތިހު އިންޑިއާއަށް ފޮނުވީ، އޭނާގެ މޫނު އާއިލާއަށް ދައްކައިފައެވެ.
ރަޝީދުގެ އާއިލާ މީހަކު "ވަން" އަށް މިއަދު ބުނީ އޭނާގެ ހަށިގަނޑު އަންނަ މަހުގެ ފަސް ވަނަ ދުވަހު ރާއްޖެ ގެންނާނެ ކަމަށް ފުލުހުން އާއިލާއަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
ރަޝީދުގެ ޕޯސްޓްމޯޓަން ހަދަން އާއިލާއިން ދެކޮޅެވެ. އެހެންވެ ހަށިގަނޑު އާއިލާއާ ހަވާލުކުރަން ސިވިލް ކޯޓަށް މައްސަލަވެސް ވެއްދިއެވެ. ނަމަވެސް ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނީ، ރަޝީދުގެ މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމުގެ އިހުތިޔާރު ފުލުހުންނަށް ލިބިގެންވާ ކަމަށާއި އާއިލާއިން އެދުނު ގޮތަށް ޕޯސްޓްމޯޓަމް ނުހަދައި ހަށިގަނޑު ހަވާލުކުރުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
އާއިލާއިން ވާހަކަ ދެއްކި މީހާ ބުނީ، ސިވިލް ކޯޓުގެ ހުކުމަށް އިހުތިރާމުކުރާ ކަމަށާއި ނަމަވެސް ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން މިއަދު ފޮނުވީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި ވަނިކޮށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު