އެޕަލް ކުންފުނީގެ ވެބްސައިޓުގައި 329 ޑޮލަރަށް ވިއްކާ އެންމެ މުސްކުޅި ސްޓައިލްގެ ކޮޓަރި ދޮރުތަޅު ނުވަތަ ގޭ ބޮޑު ދޮރުގެ ތަޅު ވިއްކާ ވާހަކަ ބުނުމުން ގަބޫލު ނުކޮށްފާނެއެވެ. އެހެން ނަމަވެސް އެކަން އެބަ ހިންގައެވެ. އެންމެ އާދައިގެ ތަޅުދަނޑިވެސް ޖެހޭ ގޮތަށް ހުރި މި ތަޅުގެ މޮޅުކަމުގެ ވާހަކަ ދެއްކުމުން ބައެއް މީހުން ޖޯކު ވެސް ޖަހައެވެ.

މި ތަޅުން ކުރެވޭ ހުރިހާ ކަމެއް މިއަށްވުރެ މާ އަގުހެޔޮ މާޒަމާނީ ތަޅުތަކުން މިހާރުވެސް ކުރެވެން އެބަހުއްޓެވެ. ފޯނު އެޕްލިކޭޝަނަކަށް ފިއްތާލުމުން ކޮޓަރީ ދޮރު ހުޅުވޭ ތަޅުތައް ވިއްކާތާ ކިތަންމެ ޒަމާނެއް ވެއްޖެއެވެ. އެހެން ނަމަވެސް މި ތަޅުގެ ތަފާތަކީ އެޕަލް އައިފޯނުން ނުވަތަ އެޕަލް ސްމާޓް ގަޑީގައި އިނގިލިއްޖައްސާލައިގެން މި ދޮރު ހުޅުވޭނެތީއެވެ.

ބަލާބެލުމަށް އެންމެ މުސްކުޅި ސްޓައިލްގެ މި ތަޅުތަކަކީ އެޕަލް ސިރީ ކައިރީ ބުނެގެންވެސް ތަޅުތަކެކެވެ. އައިފޯންގެ "ހޯމް ކީ" ސަޕޯޓާއެކު "ލެވެލް ލޮކް+" އެޕަލް ބެވްސައިޓުން ލިބެން ހުރީ 329.95 ޑޮލަރަށެވެ. ލެވެލް ލޮކްގެ ނަމުން ނަންދީފައިވާ މި މުސްކުޅި ސްޓައިލް ތަޅުތަކަކީ 2 އަހަރު ދުވަހުގެ ވޮރަންޓީ ވެސް ދީފައިވާ ތަޅެކެވެ.

ސްމާޓް ތަޅުތަކުގެ ރަންޒަމާން މާޒީވެ ގޮސްފައިވާ އިރު އެޕަލްއިން މިނެރުނު ތަޅުގައި އެއްވެސް އާކަމެއް ނެތްކަމަށް ގިނަބަކު އަންނަނީ ބުނަމުންނެވެ. އެހެން ނަމަވެސް އެޕަލް ކުންފުނިން ބުނާގޮތުގައި އައިފޯން އަދި އެޕަލް ގަޑި ގެންގުޅޭ ފަރާތްތަކަށް މިތަޅުގެ ސަބަބުން ވަރަށް ލުއިފަސޭހަވާނެއެވެ. ގޭގެ ވެރިފަރާތުން ބޭނުންވާނަމަ ގެއަށް ދާމީހާއަށް އޭނާ ގެންގުޅޭ އައިފޯނަށް ފޮނުވާލާ އެކްސެސް ކޮންޓުރޯގެ އެހީގައި މިތަޅު ހުޅުވޭނެއެވެ. އެހެންކަމުން އެޕަލް ހޯމް އެޕްލިކޭޝަން ބޭނުން ކުރާ ފަރާތްތަކުގެ ވޮލެޓްގެ އެހީގައި މި ތަޅު ހުޅުވައިލެވޭނެއެވެ. ގޭގެ ވެރިމީހާ ގޭގައި ނެތަސް ހުއްޓަސް މި ތަޅު ހުރި ދޮރުތައް ހުޅުވާކަށް ދޮރު ކަރިއަށް ދާކަށް ނުޖެހޭނެއެވެ.