މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ދެއްވާ "މުފްތީ މެންކް އިން މޯލްޑިވްސް"ގެ ދަރުސްތަކުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.
ދިރާގުން މިއަދު ބުނީ މާލެ، އައްޑޫ ސިޓީ، ފުވައްމުލަށް އަދި ހުޅުމާލޭގައި މުފްތީ މެންކް ދެއްވާ ދަރުހުގެ ވެސް ޑިޖިޓަލް ޕާޓްނަރަކަށް ހަމަޖެހި، އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. އެ ދަރުސްތަކުގެ މައުލޫއަކީ ޑިޕްރެޝަން، އެންޒައިޓީ އަދި ސްޓްރެސްއެވެ.
މާދަމާ އިސްލާމީ މަރުކަޒުގެ އިމާމުވެ ހުކުރު ކުރެއްވުމަށް ހަމަޖެހިފައިވަނީ ވެސް މުފްތީ މެންކެވެ.
މުފްތީ މެންކް ރާއްޖެ ވަޑައިގެންފައިވަނީ މިއަދުއެވެ. މިއީ އޭނާ ރާއްޖެއަށް ކުރައްވާ ހަތަރުވަނަ ދަތުރެވެ. މީގެ ކުރިން 2015. 2016 އަދި 2020 ވަނަ އަހަރު މާލެ ސަރަހައްދާއި ކުޅުދުއްފުށި ސިޓީ އާއި އައްޑޫ ސިޓީގައި މުފްތީ ވަނީ ދަރުސް ދެއްވައިފައެވެ. އެ ދަރުސްތައް އަޑުއެއްސެވުމަށް ގިނަ ބަޔަކު ވަނީ ގޮސްފައެވެ.
- އޮކްޓޯބަރު 28 - މާލޭ ކާނިވާ ސަރަހައްދުގައި
- އޮކްޓޯބަރު 29 - ފުވައްމުލައް ސްޓޭޑިއަމުގައި
- އޮކްޓޯބަރު 30 - އައްޑޫ ސިޓީ ސްކޮޔާގައި
- އޮކްޓޯބަރު 31 - ހުޅުމާލެ ސިންތެޓިކް ޓްރެކުގައި
މިއިން ކޮންމެ ތަނެއްގައިވެސް ދަރުސް އޮންނާނީ އެ ދުވަހެއްގެ ރޭގަނޑު 8:45 ގައެވެ. މި ދަރުސްތައް ޓީވީއާއި ރޭޑިއޯ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ގެނެސްދިނުމަށް ހަމަޖެހިފައިވެއެވެ.
މުފްތީ މެންކްގެ ދަރުސްތަކުގެ މައުލޫއުތައް ހާއްސަކޮށްފައިވަނީ މުޖުތަމައުގައި ހުރި މުހިންމު ކަންތައްތަކަށް ހާއްސަކޮށްގެންނެވެ. އެގޮތުން މާތްﷲ އާއި އިންސާނާއާ ދެމެދު އޮންނަ ގުޅުމާއި އާއިލީ މައްސަލަތަކަށް ހައްލު ހޯދޭނެ ގޮތްތަކާއި ޑިޕްރެޝަނާއި އެންޒައިޓީ ފަދަ ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ފަދަ މުހިންމު މައުލޫއުތައް ހިމެނެއެވެ.
އެ ދަރުސްތަކުގެ އިތުރުން ރައީސް އޮފީހާއި ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށްވެސް އެފަދަ ދަރުހެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މުފްތީ މެންކުގެ މި ދަތުރަކީ އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު